ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 15:36
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސްގެ ކާރުކޮޅަށް ފެންއެއްޗެއް އޮއްސާލައިފި!
 
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން
 
ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިންނެވީ ހަމައެކަނި ކާރުގެ ޑްރައިވަރު
 
މައްސަލަ ހުށަހަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅަށް ހެންވޭރުގައި ހުންނަ އެޕާޓްމަންޓަކުން ފެން އެއްޗެއް ބަންޑުންކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، ފެބްރުއަރީ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ސޯލިހުގެ ކާރުކޮޅު މައްޗަށް ފެންއެއްޗެއް ބަންޑުން ކޮށްލިކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާކަމަށެވެ. އެގޮތުން ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިންނެވީ ހަމައެކަނި ކާރުގެ ޑްރައިވަރުކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވަގުތު އުޅުއްވީ އެމްޑީޕީއިން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ކުރިޔަށް ގެންދާ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްގައެވެ.

މި މައްސަލައާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
10%
40%
0%
40%
5%
5%
ކޮމެންޓް