ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 08:12
ފުރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ބަލިމީހަކަށް ފަރުވަދެނީ
ފުރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ބަލިމީހަކަށް ފަރުވަދެނީ
ބިޒްނަސް އިންސައިޑަރ
ކޮވިޑް-19: ޗައިނާ
1700 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ ޗައިނާ ސަރުކާރަށް އިތުރު ގޮންޖެހުމެއް
 
ހުކުރު ދުވަހުގެ ނިޔަލަށް 2641 މީހުންނަށް އަލަށް މި ބަލިޖެހިފައިވާކަން ރިކޯޑްތަކުން ދައްކާ
 
ތަފާސްހިސާބުތައް ދައްކާގޮތުން 67،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ވަނީ ޖެހިފައި
 
މިހާތަނަށް ސިއްހީ އެހީތެރިންގެ ތެރެއިން 6 މީހަކު ވަނީ މަރުވެފައި

ކުރީ ސަފުގައި މަސައްކަތް ކުރާ 1700 އެއްހާ ޞިއްޙީ އެހީތެރިން ކޮރޯނާވައިރަސްއަށް އިންފެކްޓްވެ ޗައިނާ ސަރުކާރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިއްޖެއެވެ.

ޗައިނާގެ ވުހާންގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އެތައް ޞިއްޙީ އެހީތެރިން ވަނީ ކޮރޯނާއަށް ޝައްކު ކުރެވިގެން އަމިއްލަ ގޭގައި ކަރަންޓީން ކޮށްފައެވެ. އަދި މީގެ ތެރެއިން ގިނަ ބައެއްގެ ޓެސްޓް ނަތީޖާ ދައްކާ ގޮތުން އެމީހުންނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. ނަމަވެސް ގިނަ މީހުންނަށް އަދިވެސް ޓެސްޓްތަކުގެ ނަތީޖާ ނުލިބެއެވެ.

ވުހާންގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކު ސީއެންއެންއަށް މަޢުލޫމާތުދެމުން ބުނެފައިވަނި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ މީހުން ގޭގައި ކަރަންޓީންކޮށްފައިވާ އިރު، 30 ވަރަކަށް ޞިއްޙީ އެހީތެރިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރާ 500 މެޑިކަލް ސްޓާފުންގެ ތެރެއިން 130 މީހުންނަށް ބަލިޖެހިފައިވާކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން ވުހާންގެ ސެންޓްރަލް ހޮސްޕިޓަލެއްގެ ނަރުހަކު، ނަން ނުޖަހަން ޝަރުޠުކޮށް ސީއެންއެންއަށް ބުނެފައިވަނީ ހޮސްޕިޓަލުގެ ޢާންމު ޙާލަތު ރަނގަޅު ނޫންކަމަށާއި، 150 އަށްވުރެ ގިނަ މަސައްކަތްތެރިން ބައްޔަށް ހުށަހެޅި ޓެސްޓުތައް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ވެސް ބަލީގެ ޝިކާރައެއްކަމަށް އޭނާ ވަނި ފާހަގަކޮށްފައެވެ.

ހުކުރު ދުވަހު ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މުޅި ޗައިނާގައި 1716 ހެލްތުކެއަރ ވޯކަރުން ވަނީ ވައިރަސްއަށް އިންފެކްޓްވެފައެވެ. އަދި މީގެ ތެރެއިން ހަ މީހަކު މަރުވެފައިވާކަމަށް ޗައިނާގެ ނެޝަނަލް ހެލްތިު ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ 90 އިންސައްތައާ ގާތްކުރާ ޢަދަދަކަށް ވައިރަސްއަށް އިންފެކްޓްވި ޞިއްޙީ މަސައްކަތްތެރިންނަކީ ހޫބޭ ޕްރޮވިންސްގެ ވުހާންއިންނެވެ.

އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 67،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ވަނީ ޖެހިފައެވެ. އަދި މެއިންލެންޑް ޗައިނާއިން އެކަނި 1500 މީހުން ބަލީގައި މަރުވެފައިވާ އިރު ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް އެކަނި ވެސް ހޫބޭއިން ވަނީ 139 މީހުން މަރުވެފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ނިޔަލަށް 2641 މީހުންނަށް އަލަށް މި ބަލިޖެހިފައިވާކަން ރިކޯޑްތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
2%
0%
96%
0%
0%
2%
ކޮމެންޓް