ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 08:17
ކޮރޯނާވައިރަސް ޗައިނާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން
ފްރާންސް 24
ކޮރޯނާ
އެމެރިކާއިން ކޮރޮނާވައިރަހަށް ޝައްކު ކުރެވިގެން 443 މީހަކު ޓެސްޓުކޮށްފައިވޭ
 
އެމެރިކާގެ 42 ސްޓޭޓަކުން ޝައްކު ކުރެވިގެން ޓެސްޓުކުރެވިފައިވެ
 
ކޮރޯނާވައިރަސް ޗައިނާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން

އެމެރިކާއިން ކޮރޮނާވައިރަހަށް ޝައްކު ކުރެވިގެން 443 މީހަކު މިހާތަނަށް ޓެސްޓުކޮށްފައިވާ ކަމަށް އެޤައުމުގެ ސެންޓަރ ފޮރ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފިއެވެ.

އެ އިދާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާއި ޙަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުގައި އެމެރިކާގެ 42 ސްޓޭޓަކުން ވައިރަހަށް ޝައްކުކުރެވިގެން މިހާތަނަށް 443 މީހަކު ޝައްކު ކުރެވިގެން ޓެސްޓުކުރެވިފައިވެއެވެ. އެ 443 މީހުންގެ ތެރެއިން 15 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 347 މީހުންގެ ޓެސްޓުގެ ނަތީޖާ ދައްކާގޮތުން ނެގެޓިވް ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ. އަދި 81 މީހެއްގެ ޓެސްޓުގެ ނަތީޖާ އަދިނުލިބެއެވެ.

އެމެރިކާއިން ކޮރޯނާގެ 14 ކޭހެއް ފެނިފައިވާއިރު އެޤައުމުގެ ކެލިފޯނިއާ ސްޓޭޓުން 8 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ޓެކްސަސް އިން އެކަކު ޕޮޒިޓިވްވެފައިވާއިރު ވޮޝިންގްޓަން އިން 1 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެރިޒޯނާއިން އެކަކު ބައްޔަށް ޕޮޒިޓިވްފައިވާއިރު އިލިނޯއި އިން ދެ މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ވިސްކޮންސަން އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް އެކަކު ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް