ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ވަރުން ދަވަން- ނަތާޝާ ދަލާލް

ނަތާޝާއާ އެންގޭޖްވިކަމަށް ބުނާ ވާހަކަތައް ވަރުން ދޮގުކޮށްފި

  • މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކައިވެނި ކުރަނީ މޭމަހު
  • ނަތާޝާ އާއި ވަރުން އަކީ ދުވަސްވީ ދެ ލޯބިވެރިން
  • ވަރުންގެ އާއިލާއާއި ނަތާޝާ އާއި ގާތް ގުޅުމެއް އޮވޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 14 ފެބުރުއަރީ 2020 | ހުކުރު 18:43 2,019

ވަރުން ދަވަން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަޝާތާ ދަލާލް - ހުއިވަޔަރ.ކޮމް

ބޮލީވުޑުގެ އެކްޓަރު ވަރުން ދަވަން އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަޝާތާ ދަލާލްއާ އެންގޭޖްކޮށްފައިވާކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ވަރުން ދޮގުކޮށްފިއެވެ.

ބޮލީވުޑްގެ މުނިފޫހި ފިލުވުމުގެ ދާއިރާއާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫހެއްގައި ވަރުން ދަވަން އޭނާގެ އާއިލާއާއެކު ލޯބިވެރިޔާ ނަތާޝާ ގެއަށް ގޮސްފައިވާ ކަމަށާއި، ކައިވެންޏަށް ހުށައަޅާފައިވާކަމަށް ބުނެ ޚަބަރު ފަތުރާފައިވާއިރު، އެކަމާ ގުޅޭގޮތުން ވަރުން ކުރި ޓްވީޓެއްގައި ވަނީ އެކަން ދޮގުކޮށްފައެވެ.

އެގޮތުން ވަރުންގެ ޓްވީޓުގައި ބުނީ، ނަތަޝާގެ ގެއަށް ދިޔައީ އުފަންދުވަހުގެ ޕާޓީއެއް ފާހަގަ ކުރުމަށް ކަމަށާއި، އެކަމާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރެން ބޭނުން ނުވާ ކަމަށެވެ.

އަހަރުތަކެއް ވަންދެން ވަރުން އާއި ނަތާޝާގެ ގުޅުން ސިއްރުކޮށްގެން އުޅުމަށްފަހު ފަހަކަށް އައިސް އެކިއެކި ޙަފުލާ ތަކުން ވަރުން އާއި ނަތާޝާ އެކުގައި ފެނިގެން ދާން ފެށުމުން އެކަމާއި ގުޅޭގޮތުން "ކޮފީ ވިތު ކަރަން" ގައި ކަރަންޖޯހަރު ކުރި ސުވާލަކަށް ޖަވާބުދެމުން ވަރުން ވަނީ އެ ދެމީހުން ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައެވެ.

އެ ޝޯވްގައި ކަރަން ވަނީ އޭނާ އާއި ނަތާޝާ ރައްޓެހިވެގެން އުޅޭ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާނެ ކަމަށް ބުނެފައެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމުކަމަށް ވާ "ސްޓޫޑެންޓް އޮފްދަ އިޔަރ" އިން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ވަރުން ދަވަން އޭނާގެ ލޯބިވެރިޔާ ނަތާޝާއާއި ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތައް ދޭތެރެއިން ފެންމަތިވާއިރު، ވަރުންއާއި އެނާގެ ލޯބިވެރިޔާ ނަތާޝާ ކައިވެނިކުރާނެ ކަމަށް ބެލެވެނީ އެޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު ކަމަށާއި، އެކަމަށް ދެ ފަރާތުގެ އާއިލާ އިން މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ބައެއް ނޫސްތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވެއެވެ.

ވަރުންގެ އާއިލާއާއި ނަތާޝާ އާއި ގާތް ގުޅުމެއް އޮންނަ ކަމަށާއި ވަރުންގެ އާއިލާއަށް ނަތާޝާ ވަރަށް ކަމުދާކަމަށް ރިޕޯޓުތައް ބުނެއެވެ. މި އާއިލާއެކުގައި ދާދިފަހުން އައު އަހަރު ފާހަގަ ކުރުމަށް ސްވިސްގެ ރިސޯޓަށް ވަރުންގެ ޢާއިލާ ދިޔައިރު ނަތާޝާވެސް ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް