ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ސައުދިއަރަބިޔާ

ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގައި ރަނގަޅު ކަންތައްތަކެއް އެބަހުރި: ސައުދީގެ ހާރިޖީ ވަޒީރު

  • ޕްލޭން ބަލައިނުގަތުމަށް އަރަބި ގައުމުތަކުން ވަނީ ނިންމާފައި
  • އިސްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމަކީ އިސްރޭލުގެ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް ޕްލޭންގައިވޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ 14 ފެބުރުއަރީ 2020 | ހުކުރު 13:06 4,467

ސައުދީގެ ހާރިޖީ ވަޒީރު - ގެޓީ އިމޭޖާސް

މެދުއިރުމައްޗައް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަށަ އަޅުއްވާފައިވާ ސުލްހައިގެ ޕްލޭންގައި ރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށް ސައުދީގެ ހާރިޖީ ވަޒީރު އަދެލް އަލް ޖުބައިރު، ޓްރަމްޕް އެންޑޯސް ކުރައްވައިފިއެވެ.

އޭނާ ވިދާޅުވެފައިވަނީ އެ ޕްލޭންގައި ރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށާއި، އެއްބަސްވުމަކަށް އާދެވިގެން ހައްލު ކުރެވިދާނެ ކަަމަށެވެ. އެކަމަކު ފަލަސްތީނުގެ އިދިކޮޅު ފަރާތްތަކުގެ ސަބަބުން އެހާ އަވަހަށް އޭގެ ނަތިއްޖާ ފެނިގެން ނުދާނެ ކަަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައި ވަނީ އިސްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމަކީ އިސްރޭލުގެ ތަނެއްގެ ގޮތުގައި ބަލައިގަންނާނެއެވެ. އަދި ފަލަސްތީނުގެ ވެރި ރަަށެއްގެ ގޮތުގައި އިރުމަތީ ގުދުސް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ. ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައިވާގޮތުން، މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަގްސާ ހިމެނެނީ އިޒްރޭލުގެ އިމުގެ ތެރޭގައެވެ.

ޕްލޭނާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ އައު ވެރިރަށް، އިރުމަތީ ގުދުސް ގައި އެމެރިކާގެ އެމްބަސީ އެއް ހުޅުވިގެންދާނެ ކަމަށެވެ. އެ ޕްލޭންއާ އެކު 50 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި އެކު، ޕްލޭން އޭގެ އެންމެ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ފަލަސްތީނުގައި ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު އެ ޕްލޭން ގަބޫލުނުކުރާ ކަމަށް އަރަބި ލީގުން ވަނީ ކަނޑައަޅާފައެވެ. އަރަބި ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރޭލާއި އެމެރިކާ ގުޅިގެން އެކުލަވާލާފައިވާ މި ޕްލޭން ގަބޫލުނުކުރާ ކަމަށާއި މި ޕްލޭނުން ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށްނުދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް