އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ދިރާގު 5ޖީ ޙިދުމަތް

ދިރާގުން 5ޖީ ސަޕޯޓްކުރާ ވާވޭ ފޯން ތަޢާރަފް ކޮށްފި

  • ވާވޭ ފޯނެއް ދިރާގުން ވިއްކާ އަގަކީ 15،899ރ
  • އިންސްޓޯލްމަންޓަށްނަގާނަމަ ޑައުންޕޭމަންޓަށް 3،499 ރ ދައްކަންޖެހޭ
  • މަހަކު ދައްކަން ޖެހޭނީ 1،129 ރުފިޔާ

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 13 ފެބުރުއަރީ 2020 | ބުރާސްފަތި 23:58 3,284

ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު - ރާއްޖެއެމްވީ

ދިރާގުން 5 ޖީ ސަޕޯޓްކުރާ ވާވޭ މޭޓް 20 އެކްސް ފޯން ތަޢާރަފް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޯނު ތައާރަފު ކޮށްދެއްވީ އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ދިރާގު ވެބްސައިޓު މެދުވެރިކޮށް މި ފޯން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ނަމަވެސް ފޯނު ހަވާލުކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ވާވޭ ފޯނެއް ދިރާގުން ވިއްކާ އަގަކީ 15،899 ރުފިޔާއެވެ. އިންސްޓޯލްމެންޓަށް ފޯނު ނަގާނަމަ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑައުންޕޭމަންޓުގެ ގޮތުގައި 3،499 ރުފިޔާ ދައްކަން ޖެހެއެވެ. އެއަށްފަހުބާރަ މަސްދުހަށް ބަހާލައިގެން ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،129 ރުފިޔާއެވެ.

މީގެއިތުރުން ދިރާގުން ވާވޭ މެޓް 20 އެކްސް 5ޖީ ޑިވައިސް އެއް ބައްލަވައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ކޮންމެ މަހަކު 20 ޖީބީގެ ޑޭޓާ، ހަ މަސް ދުވަސް ވަންދެން، ހިލޭ ލިބޭނެ ކަމަށް އިޝާން ވިދާޅުވިއެވެ.

އިޝާން ވިދާޅުވީ 5ޖީ ނެޓްވޯކް މިހާރު މާލޭގެ ބްރިޖް ވިއުއިން ޕްލެޓްފޯމާއި ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދާއި ހުޅުލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގައި ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން 5ޖީ ނެޓްވޯކު ލިބެން ހުންނައިރު ބުރަސްފަތި ދުވަހު ތަޢާރަފް ކުރެވުނު 5ޖީ ސަޕޯޓްކުރާ ވާވޭ ފޯނުތަކަކީ އެ ނެޓްވޯކް ތަޖުރިބާ ކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އިޝާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް