ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 16:52
މިފްކޯގެ މަސް ކާރުހާނާ
މިފްކޯގެ މަސް ކާރުހާނާ
ރާއްޖެއެމްވީ
ފެލިވަރު
ފެލިވަރު ކާރުހާނާ ބޮޑުކުރަން ބިން ހިއްކަނީ
 
މިފްކޯގެ ކެޕޭސިޓީ ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައި
 
ސުންގަޑި އަކީ މި މަހުގެ 27
 
ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ކުރިން ރަޖިސްޓްރީ ކުރަން ޖެހޭ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ދަށުން ޅ. ފެލިވަރު ގައި ހިންގާ މަސް ކާރުހަނާ ބޮޑުކުރުމަށް ފަސް ހެކްޓަރުގެ ބިން ހިއްކުމަށް އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މިފްކޯ އިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ކުންފުނީގެ ހެޑް އޮފީހުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށް މިފްކޯއިން ބުންޏެވެ.

ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް އާރުއެފްކިޔު ދޫކުރާނީ 20 ގެ ކުރިން އީމެއިލުންނެވެ. އަގު ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހެވެ. މިފްކޯ އިން ބުނީ އަގު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަގުތައް ބަލައިނުގަނެވޭނެ ކަމަށެވެ.

މިފްކޯގެ ކެޕޭސިޓީ މިހާރުވެސް ކުޑަ ކަމަށާއި، މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމަކީ މިފްކޯއަށް ގަންނަ މަސް ވެލިއުއެޑްކޮށްގެން ޕްރޮސެސްކޮށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
83%
0%
17%
0%
0%
ކޮމެންޓް