ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ސޯފީ ޓަރނަރ - ޖޯ ޖޯނަސް

ސޯފީ ޓަރނަރ އާއި ޖޯ ޖޯނަސްއަށް ދަރިއަކު ލިބެނީ

  • ސޯފީ އައި ޖޯ ކައިވެނިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހު
  • ސޯފީ ބަލިވެއިން ވާހަކަތަކަށް ބޭރުގެ މީޑިއާތަކުން ޔަގީންކޮށްދޭއިރު، ދެ ތަރިން އަދި ޓީމުންވެސް ކަށަވަރުކޮށްފައެއް ނުވޭ
  • ސޯފީ އާއި ޖޯ ބޭނުންވަނީ މިކަންތައް ވީހާވެސް ސިއްރުކޮށް މީޑިއާގައި އިއުލާން ނުކުރާން

އައިޝަތު ޝާނީ
Shaaknee

ކ. މާލެ 13 ފެބުރުއަރީ 2020 | ބުރާސްފަތި 12:27 1,814

ސޯފީ ޓަރނަރ އާއި ޖޯ ޖޯނަސް، ގްރެމީސް 2019 ހަފްލާގައި - ޝަޓާ ސްޓޮކް

ހޮލީވުޑްގެ މަޝްހޫރު ތަރިން ސޯފީ ޓަރނަރ އާއި ޖޯ ޖޯނަސްއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ސޯފީއާއި ޖޯގެ ގާތް މީހުންނާއި ހަވާލާދީ ބޭރުގެ ގިނަ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު، ދެ ތަރިންވެސް އަދި މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

އީ! ނިއުސް އިން ރިޕޯޓްކުރާ ގޮތުގައި، ސޯފީ އާއި ޖޯ ބޭނުންވަނީ މިކަން ސިއްރު ކުރުމަށެވެ. އަދި މިކަން މީޑިއާގައި އިއުލާންކުރަންވެސް އެމީހުން ބޭނުމެއް ނުވެއެވެ.

ސޯފީ އާއި ޖޯ މި މަހުގެ ކުރީކޮޅު، ލަންޑަންގައި އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯއެއް

ސޯފީ އަކީ އެޗްބީއޯގެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ތަރިއެކެވެ. އަދި ޖޯ އާއި އޭނާގެ ބޭބެ އާއި ކޮއްކޮގެ ބޭންޑްކަމަށްވާ "ޖޯނަސް ބްރަދަރސް" އަކީ އެމެރިކާގެ އެންމެ ކާމިޔާބު އެއް ބޯއި ބޭންޑެވެ. އެހެންކަމުން ފޭނުން ގިނަ މި ދެތަރިންނަކީ ޕަޕަރާޒީގެ ފޭވަރިޓެކެވެ.

ސޯފީ އާއި ޖޯ އެކުގައި ފުރަތަމަ ފެނިފައިވަނީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެތެރޭގަވެ. އަދި ޖެނުއަރީ 2017 ގައި ދެ މީހުން އިންސްޓަގްރާމްގައި އެކަކު އަނެކަކުގެ ފޮޓޯތައް ޝެއަރކޮށްފައިވާއިރު، ދެ މީހުން ކައިވެނިކުރަން އެންގޭޖްވެފައިވަނީ އެ އަހަރުގެ އޮކްޓޯބަރުގެ މަހުގައެވެ.

2019 ވަނަ އަހަރުގެ މޭ މަހު، ބިލްބޯޑް މިއުޒިކް އެވޯޑް ހަފުލާއަށް ފަހު، ސޯފީ އާއި ޖޯ ވަނީ އެމެރިކާގެ ވޭގަސްގައި ކައިވެނިކޮށްފައެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޑިޕްލޯވަނީ މިތަން އިންސްޓްރާމް މެދުވެރިކޮށް ލައިވްސްޓްރީމްކޮށްފައެވެ. މޭ މަހު ކައިވެނި ކުރިނަމަވެސް، ސޯފީ އާއި ޖޯގެ ކައިވެނީގެ ހަފުލާ ޖޫން 2019 ގައި ފްރާންސްގައި ބާއްވާފައިވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ހޮލީވުޑްގެ ގިނަ އެވޯޑު ހަފުލާތައް ބާއްވާފައިވާއިރު، ސޯފީ އާއި ޖޯ ވަނީ ބައެއް ހަފުލާތަކުގައި ބައިވެރިވެފައެވެ. އަދި މި ހަފުލާތަކަށްދާއިރު، އެދެމީހުންނަކީ ބަލިވެރިންކަން އެހެން މީހުންނަށް ނޭނގޭ ފަދަ ގޮތަކައް ސޯފީ ހެދުން އަޅާކަމަށް ރިޕޯޓުތައް ބުނެއެވެ.

ގިނަ ނޫސްތަކުން ސޯފީ ބަލިވެއިންކަމަށް ބުނާއިރު، ދެ މީހުންގެ ޓީމުންވެސް ވަނީ މިކަމާ ގުޅޭގޮތުން ބަހެއް ބުނަން އިންކާރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް