އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - އެސްޓީއޯ

އެސްޓީއޯއިން ބާޒާރުގައި ޑީސަލް ވިއްކާ އަގު އަނެއްކާވެސް ހެޔޮކޮށްފި

  • ތެލުގެ ބާވަތްތައް ހެޔޮ އަގުގައި ބާޒާރުން ލިބެން ހުރުމަކީ ކުންފުނީގެ އެއްއަމާޒު
  • ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.89 ރުފިޔާއަށް
  • ތެލުގެ އަގު މިދިޔަ އަހަރުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ހެޔޮ ކޮށްފައިވޭ

އަމްނާ އިމާދު
amnabinthimad

ކ. މާލެ 13 ފެބުރުއަރީ 2020 | ބުރާސްފަތި 08:40 2,132

ސައިކަލަކަށް ޕެޓްރޯލް އަޅަނީ - ދަ އެޑިޝަން

އެސްޓީއޯއިން ބާޒާރުގައި ޑީސަލް ވިއްކާ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

ބުދަ ދުވަހު އެސްޓީއޯއިން ބުނީ މިމަހުގެ 13 އިން ފެށިގެން އެކުންފުނިން ވިއްކާ ޑީސަލްގެ އަގު 30 ލާރި ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ ތެލުގެ ބާވަތްތައް ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެން ހުރުމަކީ އެކުންފުނީގެ މައިގަނޑު އެއް ޢަމާޒުކަމަށެވެ.

މިފަހަރު މި ގެނައި ބަދާލާއެކު 13 ފެބްރުއަރީ އިން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.89 ރުފިޔާއަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިދިޔަ އަހަރުގެ ތެރޭގައި 3 ފަހަރެއްގެ މަތިން އެކުންފުނިން ހެޔޮ ކޮށްފައި ވެއެވެ.

ފާއިތުވި އަހަރު ސަޢޫދި އަރަބިއްޔާގެ ތެޔޮ ޕްރޮސެސް ކުރާ މަރުކަޒަކަށް ދެވުނު ޙަމަލާ އާއި މިއަހަރު މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުން ތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔަ ކަމުގައި ވީ ނަމަވެސް އެސްޓީއޯއިން ވަނީ ރާއްޖޭގައި ތެޔޮ ގަންނަން ލިބޭ އަގަށް ބަދަލެއް ނުގެނެސް ހިފަހައްޓާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް