ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 08:47
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން
އަލްޖަޒީރާ
ތުރުކީ
ސީރިއާ ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ހަމަލާދޭން ޖެހިއްޖެ ނަމަ ކޮންމެތަނަކަށް ވެސް ހަމަލާދޭނަން: އުރުދުޣާން
 
ހަމަލާގެ ސަބަބުން މިމަހު އެކަނި ވެސް ތުރުކީގެ 13 ސިފައިންގެ މީހަކު ވަނީ މަރުވެފައި
 
އިދްލިބްގައި ހަރަކާތްތެރިވާ ތުރުކީގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ ހަމަލާދޭނެ
 
ވައިގެ މަގުން ހަމަލާ ދޭން ވެސް ޖެހެލުމެއް ނުވާނެ

ސީރިއާ ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ޙަމަލާދޭން ޖެހިއްޖެ ނަމަ ކޮންމެތަނަކަށް ވެސް ޙަމަލާދޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވީ، ތުރުކީގެ އެއްވެސް ސިފައިންގެ މީހަކަށް ސީރިއާގެ ސިފައިންގެ ފަރާތުން ގެއްލުމެއް ވެއްޖެނަމަ އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނެ ކަމަށް ތުރުކީގެ ރައްޔިތުންގެ މަޖިލީހުގައި އޭނާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވައިގެ މަގުން ޙަމަލާ ދިނުމަށް ވެސް ޖެހެލުން ނުވާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީން ވަނީ ސީރިއާގެ އިދްލީބުގެ ބޯޑަރ ކައިރީގައި މިލިޓަރީގެ އެއްވެސް މަސައްކަތް ނުކުރުމަށް އެދިފައެވެ. ނަމަވެސް ސީރިއާ ސަރުކާރުގެ ސިފައިން ވަނީ އެޞަރަޙައްދުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން ފައްސާލުމަށް ޙަމަލާތަކެއް ދީފައެވެ.

މިމައްސަލައާ ގުޅިގެން ނުރުހުންފާޅުކުރައްވާ އުރުދުޣާން ވިދާޅުވީ ސީރިއާގެ ސަރުކާރުގެ ސިފައިންނާއި ދެކޮޅަށް ހަމަލާދޭން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިދްލީބުގައި ޙަރަކާތްތެރިވާ ތުރުކީގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ވެއްޖެނަމަ ޙަމަލާދޭނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

މިމަހު އެކަނި ވެސް ސީރިއާ ސަރުކާރުން ދިން ޙަމަލާތަކުގައި ތުރުކީގެ 13 ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އަދި ސީރިއާގައި ޙަރަކާތްތެރިވަމުންދާ ތުރުކީގެ ސިފައިންނާއި ދެކޮޅަށް ސީރިއާ ސިފައިން ދޭ ޙަމަލާތަކުގެ ބަދަލު ހިތި ގޮތަކަށް ދޭނެކަމުގެ އިންޒާރު ވެސް އުރުދުޣާން ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
25%
0%
0%
ކޮމެންޓް