ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 11:33
މިރިކޯޑް ލިބުނު ޗިޓެޓްސު ވަޓަނަބޭ
މިރިކޯޑް ލިބުނު ޗިޓެޓްސު ވަޓަނަބޭ
ދި ނިއުސް
އުމުރުން ދުވަސްވި މީހާ
ދުނިޔޭގެ އުމުރުން ދުވަސްވީ ފިރިހެން މީހާގެ ރިކޯޑް ޖަޕާނުގެ މީހަކަށް ލިބިއްޖެ
 
ގިނަ ދުވަހު ދުނިޔޭގައި އުޅުމުގެ ސިއްރަކީ ރުޅިމަޑުކުރުން ކަމަށް އޭނާ ބުނޭ
 
އޭނާގެ 05 ދަރިން ތިބޭ
 
މިރިކޯޑް ލިބުނީ 112 އަހަރުގެ ޗިޓެޓްސު ވަޓަނަބޭއަށް

ދުނިޔޭގެ އުމުރުން ދުވަސްވީ ފިރިހެން މީހާގެ ރިކޯޑު ޖަޕާނުގެ މީހަކަށް ލިބިއްޖެއެވެ.

އިންޓަނޭޝަނަލް ދި ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިރިކޯޑް ލިބުނީ 112 އަހަރުގެ ޗިޓެޓްސު ވަޓަނަބޭއަށެވެ. އޭނާއަކީ 05 މާޗް 1907 ވަނަ އަހަރު ޓޯކިޔޯގެ މިގާޓާ އަވަށަށް އުފަންވެފައިވާ މީހެކެއެވެ.

ގިނިސް ވަރލްޑް ރިކޯޑު އަރުވާފައިވަނީ ބުދަ ދުވަހު ވަޓަނަބޭ ދިރިއުޅޭ ނާސިން ހޯމްގައެވެ.

ވަޓަނަބޭއަށް މިރިކޯޑު ލިބިފައިވާއިރު، އޭނާއަކީ ކައިވެނިކޮށްގެން ހުރި 05 ދަރިން ބައްޕައެކެވެ. އޭނާ ބުނާ ބޮތުގައި މިހާ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރަކީ ރުޅި ނައިސް އުފާވެރިކަމާއެކު ދިރިއުޅުމެވެ.

ކުރިން މިރިކޯޑު އޮތް ޖަޕާނުގެ އެހެން ރައްޔިތެއްކަމުގައިވާ މަސާޒޯ ނޮނާކާ ވަނީ މިދިޔަ މަހު 112 އަހަރާއި 266 ދުވަހު ދިރިއުޅުމަށްފަހު މަރުވެފައެވެ.

މިހާރު ދުނިޔޭގައި އެންމެ ދުވަސްވީ މިހާ ވެސް ހުރީ ޖަޕާނުގައެވެ. ކެނޭ ޓަނާކާ ކިޔާ އަންހެން މީހާގެ އުމުރަކީ 117 އަހަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
33%
67%
0%
0%
ކޮމެންޓް