ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 17:42
ބަޔަކު ޑައިވް ކުރަނީ
ބަޔަކު ޑައިވް ކުރަނީ
ވެއިޓް އިންސްޓިޓިއުޓް
ޑައިވް ވިޔަފާރި
ދިވެހިން ނުހިމަނާ ބޭރުމީހުންނަށް ރާއްޖޭގައި ޑައިވް ވިޔަފާރި ނުކުރެވޭ ގޮތަށް ހަމަޖައްސައިފި
 
ގިނަ ރިސޯޓްތަކުގައި ޑައިވް ވިޔަފާރީގައި ހަރަކާތްތެރިވަނީ ބޭރުމީހުން
 
20 ޕަސެންޓް ދިވެއްސެއްގެ ހިއްސާ އޮންނަން ޖެހޭ

ދިވެހިން ނުހިމަނާ ރާއްޖޭގައި ބޭރު މީހުނަށް ޑައިވް ވިޔަފާރި ނުކުރެވޭގޮތައް ސަރުކާރުން ކަނޑައަޅައިފި އެވެ.

އަންގާރަ ދުވަހު މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ޑައިވިންގެ ދާއިރާގައި ސައްތައިން ސައްތަ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް 20 އިންސައްތަ ދިވެއްސަކާއެކު ހިއްސާވާގޮތައް ޖޮއިންޓްވެންޗަރއެއް ގޮތުގައި ވިޔަފާރި ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މެޗުއަރޑް އިންޑަސްޓްރީއަކަށް ވެއްޖެ.އެހެން ނަމަވެސް އަދިވެސް ބޭރުގެ އިންވެސްޓަރުން އޭގައި އިންވެސްޓް ކުރުމަށް މުހިއްމުވާ ކަމަކީ އެ އިންވެސްޓަރުންނާއި އެކު އެބަ އާދޭ ޑައިވިން އެކަންޏެއް ނޫން. އެ އިންވެސްޓަރުންނާއި އެކު އެބަ އާދޭ އިތުރަށް ގެސްޓުން ރާއްޖެ އަށް އެކިއެކި ޑައިވް ކްލަބްތަކާއި އެމީހުންނާއި ގުޅިފައި ހުންނާތީ

ރާއްޖޭގައި ޑައިވިންގެ ވިޔަފާރި އަކީ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވިޔަފާރިއެކެވެ. ގިނަ ރިސޯޓުތަކުގައި ޑައިވިންގެ ވިޔަފާރީގައި ޙަރަކާތްތެރިވަމުން ދަނީ ބޭރުގެ ފަރާތްތަކުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި