ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 11:53
ބްރެޑް ޕިޓް
ބްރެޑް ޕިޓް
އޭއެފްޕީ
ބްރެޑް ޕިޓް
އޮސްކާ އެވޯޑް ކާމިޔާބު ކުރުމަށްފަހު ބްރެޑް ޕިޓް އެކްޓް ކުރުމާ ދުރަށް ޖެހެނީތަ؟
 
މިއީ ބްރެޑް ފުރަތަމަ އެކްޓިން އޮސްކާ އެވޯޑް ނަމަވެސް އޭނާއަށް ފުރަތަމަ އޮސްކާ އެވޯޑެއް ލިބިފައިވަނީ ޕްރޮޑިއުސަރެއްގެ ރޯލަށް
 
"ވަންސް އަޕޯން އަ ޓައިމް...އިން ހޮލީވުޑް" ގައި އޭނާގެ މަސައްކަތަށް 2019/2020 ގެ އެވޯޑް ސީޒަންގައި ގިނަ އެވޯޑްތައް ލިބިފައިވޭ
 
ހޯމަ ދުވަހު ބޭއްވި 92 ވަނަ އޮސްކާސް ހަފްލާގައި ބްރެޑްއަށް ވަނީ ބެސްޓް ސަޕޯޓިންގ އެކްޓަރގެ އެވޯޑް ލިބިފައި

މި އަހަރުގެ އެކަޑަމީ އެވޯޑްސް، ނުވަތަ އޮސްކާސްގައި އެންމެ މޮޅު ސަޕޯޓިންގ އެކްޓަރުގެ އެވޯޑް ކާމިޔާބު ކުރި ބްރެޑް ޕިޓް އެކްޓް ކުރުމާ ދުރަށް ޖެހިދާނެއެވެ.

"ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"ގައި އޭނާގެ މަސައްކަތަށް 2019/2020 ގެ އެވޯޑް ސީޒަންގައި ގިނަ އެވޯޑްތައް ލިބިފައިވާއިރު، އެކްޓް ކުރުމާ ދުރަށް ޖެހިލަން ވިސްނާކަމަށް ބްރެޑް ބުނީ އޮސްކާސްއަށް ފަހުން އިންޓަވިއުއެއްގައެވެ.

ދެން ކުރިއަށް އޮތީ ކޮންކަމެއްތޯ އޭނާއާ ސުވާލު ކުރުމުން ބްރެޑް ބުނީ "ދެން ދުވަސް ކޮޅަކަށް ގެއްލެންވީ"ކަމަށެވެ.

އޭނާ ސަމާސަ މިޒާޖަކަށް މިހެން ބުނި އިރު، އިތުރަށް ބުނީ ދުވަސްކޮޅަކަށް ފިލްމް ތައްޔާރު ކުރުމާއި ޕްރޮޑިއުސް ކުރުން ފަދަ މަސައްކަތް ކުރުމަށް ވިސްނާކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ހަފްލާގައި ބްރެޑް ޕިޓްއަށް އޭނާގެ ފުރަތަމަ އެކްޓިންގ އޮސްކާ ލިބިފައވާއިރު، އޭނާއަށް ފުރަތަމަ އޮސްކާ އެވޯޑެއް ލިބިފައިވަނީ ޕްރޮޑިއުސަރެއްގެ ރޯލަށެވެ. އެއީ އޭނާގެ ޕްރޮޑަކްޝަން ކްރެޑިޓް ހިމެނޭ "12 ޔިއަރސް އަ ސްލޭވް" އަސް 2013 ވަނަ އަހަރު "ބެސްޓް ޕިކްޗަރ"ގެ އެވޯޑް ލިބުމުންނެވެ.

ކުއެންޓިން ޓެރެންޓީނޯ ޑައިރެކްޓްކޮށްފައިވާ، ލީޑް ރޯލުން ލިއަނާޑޯ ޑިކެޕްރިއޯ ފެންނަ "ވަންސް އަޕޯން އަ ޓައިމް...އިން ހޮލީވުޑް"ގެ ބްރެޑް ޕިޓްގެ މަސައްކަތަށް އިތުރު އެވޯޑްތައް ލިބިފައިވާއިރު އޭގެ ތެރޭގައި ގޯލްޑަން ގްލޯބް، ބާފްޓާ (ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޒަން އާޓްސް)، ސްކްރީން އެކްޓަރސް ގިލްޑް (ސެގް) އަދި ކްރިޓިކްސް ޗޮއިސް އެވޯޑްތައް ހިމެނެއެވެ.

ބްރެޑްގެ ފިލްމީ ހަޔާތް ފެށުނީ 1987 ވަނަ އަހަރެވެ. އަދި 30 އަށް ވުރެ ގިނަ އަހަރު ފަހުން ބްރެޑްއަށް މިފަދަ ކާމިޔާބީތައް ލިބެމުން އޭނާގެ ފާނުން، އަދި ހޮލީވުޑްގެ ބައެއް ތަރިން ދަނީ އުފާ ފާޅު ކުރަމުންނެވެ.

އޮސްކާ އެވޯޑް ލިބުމަށްފަހު ވާހަކަ ދައްކަމުން ބްރެޑް ބުނީ އެ އެވޯޑް ހާއްސަ ކުރަނީ "އަހަރެން ކުރާ ކޮންމެ ކަމެއްގައި ކުލަ ޖައްސައިދޭ، އަހަރެންގެ ދަރިންނަށް" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް