ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 09:57
ޕޫޖާ ހޭގް
ޕޫޖާ ހޭގް
ގޫގުލް
ކަބީ އީދް ކަބީ ދިވާލީ
''ކަބީ އީދް ކަބީ ދިވާލީ'' ގައި ސަލްމާންއާ އެކު ޕޫޖާ ހޭގް
 
ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު އީދުގައި

އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ ސަލްމާން ހާންގެ ''ކަބީ އީދް ކަބީ ދިވާލީ''ގެ ބަތަލާގެ ރޯލަށް ޕޫޖާ ހޭގް ހަމަޖައްސައިފިއެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ ޕޫޖާ ކުޅެފައިވާ ފިލްމު ''ހައުސްފުލް 4'' ވެސް ޑައިރެކްޓް ކޮށްފައިވާ ފަރްހަދް ސަމްޖީއެވެ.

''ކަބީ އީދް ކަބީ ދިވާލީ'' ޕްރޮޑިއުސްކުރަނީ ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓައިންމެންޓުންނެވެ. ފިލްމުގެ ރަސްމީ ޕްރޮޑަކްޝަންގެ ޓްވިޓަރ އެކައުންޓުން ވަނީ، ފިލްމަށް ޕޫޖާ ހަމަޖައްސާފައިވާކަން އިއުލާން ކޮށްފައެވެ.

ނާދިއަދްވާލާ ގްރޭންޑްސަންގެ ސާޖިދް ނާދިއަދްވާލާ ގަބޫލުކުރާ ގޮތުން މި ފިލްމުގައި ސަލްމާންއާ އެންމެ ގުޅޭނެ ތަރިއަކީ ޕޫޖާ އެވެ. މި ފިލްމުގެ ވެެގެންދާނީ އުމުރުން 29 އަހަރުގެ ޕޫޖާ، ސަލްމާންއާ އެކު ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

''ކަބީ އީދް ކަބީ ދިވާލީ'' ސްކްރީން ކުރާނީ އަންނަ އަހަރުގެ އީދުގައެވެ. ސާޖިދްގެ ''ޖުޅްވާ 2'' ވެސް ރިލީޒްކުރަނީ އީދުގައެވެ. އޭނާގެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމު ''ކިކް'' ރިލީޒް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އީދުގައެވެ.

ޕޫޖާ ހޭގް އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2012 ވަނަ އަހަރު ނެރުނު ތަމަޅަ ފިލްމު ''މުގަމޫދީ'' އިންނެވެ. އަދި ބޮލީވުޑަށް ނިކުތީ އަޝުތޯޝް ގޯވަރިކަރްގެ ''މޮހެންޖޮ ދާރޯ'' އިންނެވެ. އެއަށް ފަހު ''ހައުސްފުލް 4'' އިންވެސް ވަނީ ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް