އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޖީއެމް ފޯރަމް

ޖީއެމް ފޯރަމްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް

  • ފޯރަމްް ކުރިއަށްދާނީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު
  • މި ފޯރަމްގައި، 100 އަށް ވުރެ ގިނަ، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވާނެ

ކ. މާލެ | 12 ފެބްރުއަރީ 2020 | ބުދަ 09:55 | 1,840

ޖީއެމް ފޯރަމްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް - އުރީދޫ

ޖީއެމް ފޯރަމް (ޖެނެރަލް މެނޭޖަރސް ފޯރަމް) 2020 ގެ ޓައިޓަލް ސްޕޮންސަރަކަށް އުރިދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޖީއެމް ފޯރަމް އަކީ ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޙާއްސަ ކުރެވިގެން ބާއްވާ ހަމައެކަނި ފޯރަމެވެ. ހޮޓެލިއަރ މޯލްޑިވްސް އިން 2016 ވަނަ އަހަރު ޖީ.އެމް ފޯރަމް ތައާރަފް ކޮށްފާވަނީ ރިސޯޓު ތަކާއި ހޮޓެލްތަށް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާ ކުރެވި ހައްލެއް ހޯދޭނެ ޕްލެޓްފޯރމެއް ގާއިމް ކުރުމުގެ މަޤްސަދުގައެވެ. އެއް ދުވަހުގެ މުއްދަތަށް ދިގު ދެމިގެންދާ މި ފޯރަމްގައި ކީ ނޯޓް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިޔަށްދާނެއެވެ. ޖީ.އެމް ފޯރަމްގެ ފަސްވަނަ ފޯރަމް މި އަހަރު ފާހަގަ ކުރާއިރު، 100 އަށް ވުރެ ގިނަ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގެ ޖެނެރަލް މޭނޭޖަރުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

މި ފޯރަމްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީ.އީ.އޯ، ނަޖީބް ޙާން ވިދާޅުވީ ހޮޓެލިއަރ މޯލްޑިވްސް އިން ބާއްވާ ޖީއެމް ފޯރަމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު މާހިރުން އެއްތަންވެ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށް ވާހަކަ ދެއްކޭ އިވެންޓެއް ކަމަށާއި މިއީ ބައިވެރިވުން މުހިއްމު އިވެންޓެއް ކަމަށެވެ. ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ޙާއްސަ އަހަންމިއްޔަތުކަމެއްދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ޖީއެމް ފޯރަމްް ކުރިއަށްދާނީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އަދި މި ފޯރަމްގައި، 100 އަށް ވުރެ ގިނަ، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވާނެއެވެ. އެގޮތުން، ހޮޓެލް އަދި ރިސޯޓް ތަކުގެ ޖެނެރަލް މެނޭޖަރުން، ސީ ސޫޓް ހޮޓެލިއަރުން، ހޮޓެލް މެނޭޖްމެންޓް ކުންފުނިތަކުގެ ވެރިންނާއި ޑިވަލޮޕަރުންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން މި ފޯރަމްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.