ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 01:35
ޑުބާއީ އެކްސްޕޯ 2020
ޑުބާއީ އެކްސްޕޯ 2020
ގޫގުލް
ވޯލްޑް އެކްސްޕޯ 2020
"ވަރްލޑް އެކްސްޕޯ 2020" ގައި ރާއްޖެއިން ބައިވެރިވަނީ
 
މިއީ މި އެކްސްޕޯ ޑުބާއީ ގައި ބާއްވާ ފުރަތަމަ ފަހަރު
 
ހަ މަސް ދުވަހަށް އެކްސްޕޯ ކުރިއަށް ދާނެ
 
އެކްސްޕޯ ފެށޭނީ އޮކްޓޯބަރ ގައި

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ "ވަރލްޑް އެކްސްޕޯ 2020" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އަންނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް ހަމަސްދުވަހުގެ މުއްދަތަށް ދުބާއީގައި ކުރިއަށްދާ މި އެކްސްޕޯ އަށް ދުރާލާ ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އިކޮންމިކް މިނިސްޓްރީން އިސްނަގައިގެން ތައްޔާރު ވަމުންދާ މި ފެއަރ ގައި މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މިނިސްޓްރީ އޮފް އާރޓް އެންޑް ކަލްޗަރ އެންޑް ހެރިޓޭޖުގެ ބައިވެރިވުން ހިމެނޭނެއެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރާނެ ޕްލެޓްފޯމަކަށް ހެދުންކަމަށާއި ރާއްޖޭގެ އިސްވެސްޓްމަންޓް ޕްރޮމޯޓްކުރާނެ ޕްލެޓްފޯމަކަށް ހެދުންކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުމުން ލިބިގެންދާ އެންމެ ބޮޑު ފުރުސަތަކީ އަސްލުގައި ރާއްޖޭގައި ހުރިހާ ކަންތައްތަކެއް ޝޯކޭޝްކުރަން ލިބޭ ވަރަށް ރަނަގަޅު ފުރުސަތެއް، ވޯލްޑް ސްޓޭޖްގައި.މި އެކެސްޕޯގެ ތެރެއިން ރާއްޖޭގެ އުފެއްދުންތަކާއި ރާއްޖޭގެ ކަލްޗަރ އާއި ރާއްޖޭގެ ކްޒީން ނޫނިއްޔާ އެ ހުރިހާ އެއްޗެއް ދައްކާލުމަށް ވަރަށް ގިނަ ފުރުސަތު ތަކެއް ހުޅުވިގެން އެބަދޭ . އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ޕާޓީސިޕެންޓްސް ރާއްޖޭގެ އެއްޗިހި އުފައްދާ ފަރާތްތަކުން އެކްސްޕޯގައި ބައިވެރިވެ އެކްސްޕޯގައި ހަމަސްތެރޭގައި ޕްލެޓްފޯމްތަކުގައި ލިބޭ ރާއްޖޭގެ ކަންތައް ދައްކާލުން.ރާއްޖޭގެ އުފެއްދުން ތެރިންގެ އެއްޗި އުފެއްދުމާއި ގެނެސްގެން ވިއްކުމާއި ހުރިހާ ކަމެއްގައި ވާހާ ބޮޑަށް އެންގޭޖް ވެގެން ކުރިއަށްދާން މިހާރުވެސް މަސައްކްތ ކުރަމުން މިދަނީ

އެކްސްޕޯ އިންތިޒާމު ކުރާ ފަރާތްތަކުގެ ޓާގެޓަކީ 25 މިލިއަން ވިޒިޓަރސް އެކްސްޕޯއަށް އައުން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ކުރިން ވެސް ރާއްޖެއިން ދެހަފަރެއްގެ މަތިން މި އެކްސްޕޯގައި ބައިވެރިވިއެވެ. އެއީ 2015 ވަނަ އަހަރު އިޓަލީގެ މިލާންގައި ބޭއްވި ފެއަރ އާއި 2010 ވަނަ އަހަރު ޗައިނާގެ ޝަންހާއި ގައި ބޭއްވި އެކްސްޕޯގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް