އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ރޯދަމަސް

ރޯދަ މަހަށް 51 ބާވަތެއްގެ އަގު ދަށްކުރަނީ

  • އެކަމާއި ގުޅޭ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހު ބޭއްވިގެންދާނެ
  • އަގުހެޔޮ ކުރަނީ އަސާސީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 11 ފެބުރުއަރީ 2020 | އަންގާރަ 19:27 19,978

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް - ރާއްޖެއެމްވީ

އަންނަ ރޯދަމަހަށް ބެނުންވާ ތަކެތީގެ ތެރެއިން 51 އައިޓަމެއްގެ އަގު ދަށްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މާގިރި ހޮޓަލުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރޯދަމަހަށް ބޭނުންވާ އަސާސީ ބާވަތްތައް އަގުހެޔޮކުރުމަށްޓަކައި ސަރުކަރު ހިއްސާވާ ކުންފުނި އެސްޓީއޯ މެދުވެރިކޮށް ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެއީ އަޅުގަނދޑުމެން ކޮންމެހެންނެއް މަޖުބޫރު ކޮށްގެން މިވެނި އަގެއްގައި އެއްޗިހި ވިއްކާނީ އެންމެނަށް އެންގުމުތގެ ބަދަލުގައި މާކެޓަށް އެއްޗި އިތުރު ކުރާނީ

އެހެންކަމުން އޭގެ ޒާތުގައި ޑިމާންޑް އެންޑް ސަޕްލައިގެ ދަށުން އަގު ތިރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެތަކެތި ސްޓޯކް ކުރުމަށްޓަކައި ގޮތްތަކެއް ރާވާނެ ކަމަށާއި އެކަމާއި ގުޅޭ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހު ބޭއްވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު އެންމެ އަގު އުފިލިގެން ދިޔަ ބާވަތީ "ކަނޑޫދޫ މިރުސް" ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ވަކި ރަށެއްގެ މިރުހެއްގެ އަގު ދަށްކުރުމަކީ މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ސިލޯނުން މިރުސް ގެނެސްގެން ނަމަވެސް މާރކެޓްގައި މިރުސް އަގުހެޔޮކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ކަނޑޫދޫ މިރުހެއް އަޅުގަނޑުމެންނަކަށް އަގެއް ހެވެއް ނުކުރެވޭނެ. އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން ސަރުކަރުން ވަދެ މީހުން އެއްޗިހި ދޭނެ އަގާއެއްޗިހި އަސާސީ އެއްޗެއް ނޫނިއްޔާ ކޮންޓްރޯލް ކުރަން

އެހެން މަސްތަކާއި ޚިލާފަށް ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދެއެވެ. އަގު އުފުލިގެންދާ ތަކެތީގެ ތެރޭގައި ތަރުކާރީ އާއި، މޭވާގެ ބާވަތްތަކާއި، ބިސް އަދި މަސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް