ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 10:15
ޗައިނާގައި ހަލުވިމިނެއްގައި ކޮރޯނާވައިރަސް އަންނަނީ ފެތުރެމުން
ޗައިނާގައި ހަލުވިމިނެއްގައި ކޮރޯނާވައިރަސް އަންނަނީ ފެތުރެމުން
އަލްޖަޒީރާ
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1,016 ށް، ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި
 
ޖުމްލަ 42,638 މީހުންނަށް މިހާތަނަށް މިވައިރަސްގެ އަސަރުކޮށްފައިވޭ
 
ވައިރަސްގެ އަސަރު ފާއިތުވި 24 ގަޑީރުތެރޭގައި އަލަށް 2,478 މީހުންނަށް ކޮށްފައިވޭ
 
ފާއިތުވި 24 ގަޑީރު ތެރޭގައި ވަނީ 108 މީހުން މަރުވެފައި

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1016 ށް އަރައިފި އެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ފާއިތުވި 24 ގަޑީރު ތެރޭގައި ވަނީ 108 މީހުން މަރުވެފަ އެވެ. މިއީ މިހާތަނަށް މިވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކުރެވުނު ދުވަހެވެ. ވައިރަސްގެ އަސަރު ފާއިތުވި 24 ގަޑީރުތެރޭގައި އަލަށް 2,478 މީހުންނަށް ކޮށްފައިވެ އެވެ. ޖުމްލަ 42,638 މީހުންނަށް މިހާތަނަށް މިވައިރަސްގެ އަސަރުކޮށްފައިވެ އެވެ.

އަނެއްކޮޅުން ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ހޫބޭ ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ދެ އޮފިޝަލަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މަގާމުން ވަކިކޮށްފައިވާ ޒެންގ ޖިން އަކީ ހެލްތު ކޮމިޝަންގެ ޕާޓީ ސެކެޓްރީއެވެ. ދެން މަގާމުން ވަކިކުރި ލިޔު ޔިންގޒި އަކީ ހެލްތު ކޮމިޝަންގެ ޑިރެކްޓަރ އެވެ. މަގާމުން މި ދެ ބޭފުޅުން ވަކިކޮށްފައިމިވަނީ ހޫބޭ ޕްރޮވިންސްގެ ސިއްހަތާބެހޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް އެގައުމުގެ ރައީސް އެތަންތަނަށް ޒިޔާރަތްކުރެއްވުމަށް ފަހުއެވެ.

މިވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރުވެސް ވުހާންގައި 20،000 ސިއްހީ އެހީތެރިން ހަރަކާތްތެރިވާއިރު އަދި އިތުރަށްވެސް ސިއްހީ އެހީތެރިން ބޭނުންވާކަމަށް އެޕްރޮވިންސުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް