ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - އިންޑިއާ

އިންޑިއާގެ ހައިދަރްއާބާދުން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ 2 މީހަކު ފެނިއްޖެ

  • ހައިދަރު އާބާދުގައި މިހާތަނަށް 70 މީހަކު ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓު ހަދާފައިވޭ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 11 ފެބުރުއަރީ 2020 | އަންގާރަ 12:48 5,893

ޗައިނާއިން އައި އިންޑިއާ މީހެއްގެ ޗެކްއަޕްހަދަނީ - ގޫގުލް

އިންޑިއާގެ ހައިދަރުއާބާދުގައި ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ދެމީހަކު ރިޕޯޓުކޮށްފިއެވެ.

މި 2 މީހުން ރިޕޯޓުކުރެވުނީ އެސިޓީގެ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ ގާނދީ ހޮސްޕިޓަލުންނެވެ. މިހާރުމި 2 މީހުންގެ ލޭގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަރުޙަލާ ވަނީ ފަށާފައެވެ. މިދިޔަ ހޮނިހިރުުދުވަހުވެސް ހައިދަރު އާބާދުން 9 މީހަކު ކޮރޯނާވައިރަސްއަށް ޓެސްޓު ކުރިއެވެ. އެހެންނަމަވެސް އެ އެންމެން ނެގެޓިވްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ހައިދަރު އާބާދުގައި މިހާތަނަށް 70 މީހަކު ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓު ހަދާފައިވާއިރު އެންމެންވެސް މިބައްޔަށް ނެގެޓިވްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ކޮރޯނާވައިރަސްގެ އަލާމަތްތައް ފެނުނު އިތުރު 72 މީހުން ގޭގައި 14 ދުވަސްވަންދެން ކަރަންޓީންކޮށްގެން ޞިއްޙީ އެހީތެރިންގެ ބެލުމުގެ ދަށުން މޮނިޓަރ ކުރާނެކަމަށް ޞަަރަޙައްދީ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން އިންޑިއާގެ ކެރަލާ ސްޓޭޓުގެ ޓުއަރިޒަމް ސިނާއަތައް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް އެސްޓޭޓުގެ ޓޫރިޒަމް މިނިސްޓަރ ކަޑަކަމްޕައްލީ ސުރެންދްރަން ވިދާޅުވެއްޖެއެވެ.

ކެރަލާ ސްޓޭޓުގެ ޓޫރިޒްމް އެޑްވައިޒަރީ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސުރެންދްރަން ވިދާޅުވީ، އެ ސްޓޭޓުން ވައިރަސް ފެނުމާއެކު، އެ ސްޓޭޓަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ނިޞްބަތުން މަދުވެގެން ހިނގައްޖެކަމަށެވެ. މީގެ ސަބަބުން ޓޫރިޒަމް ސިނާޢަތައް ގެއްލުން ވަމުންދާކަމަށެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މުޚާޠަބު ކުރައްވާ ސުރެންދްރަން ވިދާޅުވީ، ފަތުރުވެރިކަމަށް ކުރަމުންދާ އަސަރު ކުޑަކުރުމުގެ ގޮތުން މަރކެޓިންގް ސްޓެރެޓެޖީއެއް އެކުލަވާލާނެކަމަަށެވެ. އަދި އުންމީދަކީ މިކަމުން އަރައިގަތުންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް