ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ވުހާން ސިޓީ

ވުހާން ސިޓީގެ ފަސް ލައްކަ މީހުންނަށް ކޮރޯނާވައިރަސްގެ އަސަރުކުރާނެކަމަށް އަންދާޒާކޮށްފި

  • ކޮރޯނާވައިރަސްގެ ބަލިމަޑުކަން ޕީކަށް ދާއިރު، ވޫހާން ސިޓީގެ ކޮންމެ 20 މީހަކުން އެކަކަށް ކޮރޯނާވައިރަސްގެ އަސަރު ކުރާނެ
  • ޗައިނާގައި އުޅޭ ބޭރު ޤައުމުތަކުގެ 27 މީހަކަށް މިހާތަނަށް ވަނީ ކޮރޯނާ ވައިރަސްޖެހިފަ
  • ކޮރޯނާވައިރަސް ޖެހިގެން ވޫހާން ސިޓިގައި މަރުވީ އެމެރިކާ އަންހެނަކާއި ޖަޕާނުގެ ފިރިހެނެއް

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 11 ފެބުރުއަރީ 2020 | އަންގާރަ 07:16 5,968

ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ޗައިނާގެ ރައްޔިތުންތަކެއް މާސްކް އަޅައިގެން - ސީބީއެސަް

ނޮވެލް ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު، އަދި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގެ ފަސް ލައްކަ ރައްޔިތަކަށް ކޮރޯނާ ވައިރަސްގެ އަސަރު ކުރިޔަށް އޮތް ހަފުތާތަކުގައި ކުރާނެކަމަށް އެޤައުމުގެ ޕްރޮފެސަރަކު ވިދާޅުވެއްޖެއެވެ.

އިންފެކްޝަސް ޑިޒީސް އެޕިޑިއޮލޮޖީން ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޗައިނާގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމުގައިވާ ޑރ. އެޑަމް ކުޝާސްކީ ވިދާޅުވީ، ކޮރޯނާވައިރަސް މިހާރު ފެތުރެމުންމިދާ "ޓްރެންޑް" އަށް ބަލާނަމަ، ކުރިޔަށް އޮތް ހަފުތާތަކުގައި ފެތުރޭ މިންވަރު ނާޒުކު ޙާލަތަކައް ވެއްޓި، ވައިރަސް ޖެހެމުންދާ މީހުންގެ ނިޞްބަތް 500 ހާހަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޕްރޮފެސަރ އަންދާޒާ ކުރައްވާ ގޮތައް ބަލާނާމަ ކޮރޯނާވައިރަސްގެ ބަލިމަޑުކަން ޕީކަށް ދާއިރު، ވޫހާން ސިޓީގެ ކޮންމެ 20 މީހަކުން އެކަކަށް ކޮރޯނާވައިރަސްގެ އަސަރު ކުރާނެއެވެ. ވޫހާން ސީޓީގެ އާބާދީއަކީ 11 މިލިއަނެވެ.

ޗައިނާގެ ޚާރިޖީވުޒާރާއިން ހާމަކުރާގޮތުގައި ޗައިނާގައި އުޅޭ ބޭރު ޤައުމުތަކުގެ 27 މީހަކަށް މިހާތަނަށް ވަނީ ކޮރޯނާ ވައިރަސްޖެހިފައެއެވެ. އަދި މީގެތެރެއިން 2 މީހުން މަރުވެފައިވާކަމަށް އެވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ވެރިރަށް ބެއިޖިންގ ގައި ބޭއްވި ބައްދަލުވުމެއްގައި އެވުޒާރާގެ ތަރުޖަމާނު ގެންގ ޝުއާންގ ވިދާޅުވީ، ޗައިނާގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ޞިއްޙީ ގޮތުން ދޭންޖެހޭ ސަމާލަތާއި ރައްކާތެރިކަން ޗައިނާ ސަރުކާރުން ކަށަވަރުކޮށްދޭނެކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާވައިރަސް ޖެހިގެން ވޫހާން ސިޓިގައި މަރުވީ އެމެރިކާ އަންހެނަކާއި ޖަޕާނުގެ ފިރިހެނެއް ކަމަށެވެ. އަދި ފަރުވާއަށް ފަހު އެކަކު ގެއަށް ދޫކޮށްލާފައިވާއިރު، އިތުރު 22 މީހުންނަށް އަދިވެސް ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ފަރުވާދެމުންދާ މީހުންގެ ތެރޭގައި އޮސްޓްރޭލިޔާއާއި ޕާކިސްތާނުގެ ރައްޔިތުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް