ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - އީޔޫ

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ހާއްސަ ބައްދަލުވުމެއް

  • ވިލާތުގެ ޤައުމުތަކަށް ބަލާއިރު، މިހާތަނަށް އައިއިރު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 30 މީހުން

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 11 ފެބުރުއަރީ 2020 | އަންގާރަ 07:18 3,339

އީޔޫގެ ބައްދަލުވުމެއްގެ ތެރެއިން - ޔޫރަޕިއަން ޔޫނިއަން

ވިލާތުއިއްތިހާދުގެ ޤައުމުތަކުގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، ވިލާތު އިއްތިހާދުން މިކަމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެއިއްތިހާދުން މިކަމާއި ގުޅޭގޮތުން ބުނެފައިވަނި ވިލާތު އިއްތިހާދުގެ ޞިއްޙަތާއި ބެހޭ ވަޒީރުންގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެކަމަށެވެ. މި ބައްދަލުވުން ކުރިޔަށްގެންދާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) ގެ ބައިވެރިވުމާއެކުގައެވެ.

ބައްދަލުވުމުގެ މައިގަނޑު ޢަމާޒަކީ ވިލާތުގެ ޤައުމުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު، އެކަން ހުއްޓުވުމަށް ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށާއި، އަދި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނޭކަންތައްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގޮތެއް ނިންމުންކަމަށް އީޔޫގެ ކޮމިޝަނަރ ފޮރ ކްރައިސިސް މެނޭޖްމެންޓް ހާނޭޒް ލެނަރކިކް ވިދާޅުވެފައިވެއެވެ.

ވިލާތުގެ ޤައުމުތަކަށް ބަލާއިރު، މިހާތަނަށް އައިއިރު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 30 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް