ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 23:19
\"ނޮވެމްބަރ\" ގެ ޕޯސްޓަރު
"ނޮވެމްބަރ" ގެ ޕޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމު
ނޮވެންބަރ ގެ ޕޯސްޓަރު ވަރަށްވެސް ތަފާތު
 
ޕޯސްޓަރުގެ ފޮޓޯ ނަގާފައިވަނީ އަހްމަދު ޝިނާން
 
ޕޯސްޓަރު ތައްޔާރު ކޮށްފައިވަނީ ހޫދު އިބްރާހިމް

މޮޅެތި ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑާރކްރެއިން އެންޓަޓެއިންމެންޓުގެ ކުރިޔަށް އޮތް ފިލްމު "ނޮވެންބަރ" ގެ ޕޯސްޓަރު ވަނީ ހޯމަ ދުވަހު ދައްކާލާފައެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ މި ފިލްމުގެ ޕޯސްޓަރުގައި ފެނިގެންދަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލްއެވެ.

މި ފިލްމްގެ ޕޯސްޓަރު ޑިޒައިން ކޮށްފައިވަނީ ހޫދު އިބްރާހިމްއެވެ. ޕޯސްޓަރުގެ ފޮޓޯ ނަގާފައިވަނީ އަހްމަދު ޝިނާން އެވެ.

''ނޮވެންބަރ''ގެ މަންޒަރުތައް ރާއްޖޭގެ އިތުރުން ސިންގަޕޫރުގައި ވަނީ ޝޫޓްކޮށްފައެވެ. ސިންގަޕޫރުގެ ހިތްގައިމު ޞަރަޙައްދު ތަކުގައި ކުރިޔަށް ގެންދިޔަ އެ ޝޫޓިންގައި ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ބައިވެރިވެއެވެ. މިއީ ވަޖީހުގެ ދަރިފުޅު ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

"ނޮވެންބަރު"ގެ މަންޒަރުތައް ކުރިން ވަނީ ކ. ތުލުސްދޫ، އައްޑޫ އިތުރުން ލ އަތޮޅުގެ ދެ ރަށެއްގައި ވެސް ނަގާފައެވެ. އޭގެ އިތުރުން މާލޭގައި ފިލްމުގެ ޝޫޓިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އަހްމަދު ތޮލާލާއި، އައިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް އައިޝަތު ފުއާދު އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނެ ތާރީހެއް އަދި އިއުލާން ނުކުރޭއެވެ. ޑާކްރެއިން އިން އެންމެ ފަހުން ސްކްރީން ކުރީ ކޮމެޑީ ފިލްމު "މާމުއި" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
50%
50%
ކޮމެންޓް
ގުޅުންހުރި
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި