ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ނޮވެލް ކޮރޯނާ ވައިރަސް

ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނެ: ޗައިނާގެ ރައީސް

  • ބަލީގެ ސަބަބުން މީހުން މަރުވާ އަދަދު ވަނީ ކޮންޓްރޯލް ވެފައި
  • ވައިރަސް ފެތުރެން ފެށީ ވޫހަން ސިޓީން
  • އެންމެ ގިނަ މީހުން މަރުވެފައިވަނީ ހޫބޭ ޕްރޮވިންސުން

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 ފެބުރުއަރީ 2020 | ހޯމަ 23:10 6,683

ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރވެމުންދާ މަސައްކަަތް، ރައީސް ޝީޖިންޕިން ބައްލަވާލައްވަނީ - ޒިންހުއާނެޓް

ހަލުވިކަމާއި އެކު ފެތުރުމުންދާ ކޮރޯނަ ވައިރަހާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ ކާމިޔާބީ ހޯދޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޙާލަތު ވަރަށް ސީރިއަސް ކަމަށް އެ ޤައުމުގެ ރައީސް ޝީޖީޕިން ވަނީ، ހޯމަ ދުވަހު ވިދާޅުވެފައެވެ. ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުން ވެރިރަށް ބެއިޖިންގައި ވާހަކަ ދައްކަވަމުން ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީއާ އަސްކަރިއްޔާގެ ޗައިނާގެ ހުރިހާ ދަރިފަސްކޮޅުގެ ރައްޔިތުން ތިބީ ހޫބޭ އަދި ވޫހަން ރައްޔިތުންނާއި އެކު ކަމަށެވެ.

ވޫހާން ސިޓީއަކީ ކޮރޯނާ ފެތުރެން ފެށި މައި މަރުކަޒެވެ. ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުން ފެށީ ވޫހާން ސިޓީގެ ސީފުޑް މާރުކޭޓުންނެވެ.

މި ބަލީގެ ސަބަބުން 980 މީހަކު ވަނީ މަރުވެފައެވެ. އަދި 40 ހާސް މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޗައިނާއިން ވަނީ ބުނެފައެެވެ. ވައިރަހުން ސަލާމަތްވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ ތަޢުރީފު ކުރަމުންނެވެ. އެކަމަކު އަދި މިހާތަނަށް މި ބައްޔަށް ވެކްސިން އެއް ހޯދިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް