ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 19:41
ޑައިމަންޑް ޕްރިންސަސް
ޑައިމަންޑް ޕްރިންސަސް
ޖަޕާން - މިނިސްޓްރީ އޮފް ޑީފެންސް
ޑައިމްންޑް ޕްރިންސަސް
''ޑައިމަންޑް ޕްރިންސަސް'' އިން އިތުރު 66 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
ފަސެންޖަރުން ތިބީ ކަރަންޓިނު ކޮށްފައި
 
ކްރޫޒްގައި ތިބީ 3،700 މީހުން

ޖަޕާނުގެ ޔޮކޮހާމާ ސިޓިގައި ބަނދަރުކޮށްފައިވާ ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" އިން އިތުރު 66 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ.

މި ޢަދަދާއެކު ހަލުވި ކަމާއިއެކު ފެތުރުމެންދާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 136 އަރާފައެވެ. ޖަޕާނުގެ ޞިއްޙީދާއިރާގެ އިސްމަސްއޫލުވެރިން ބުނެފައިވާ ގޮތުންނަމަ، އެ ކްރޫޒްލައިނަރ ގައި މިހާރު 3،700 ވަރަށް ޕަސިންޖަރުން ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، އޮސްޓްރޭލިޔާ، ފިލިޕީންސް، ކެނެޑާގެ އިތުރުން ޔޫކްރޭން މީހުން ހިމެނެއެވެ.

އެ ކްރޫޒްލައިނަރ ކަރަންޓީނު ކުރީ ހޮންގްކޮންގ އަށް އައުމަށް ފަހު ޔޮކޮހާމާގައި ބަނދަރުކުރި ތަނާއި އެކުއެވެ. ޖަޕާނުގެ ޞިއްޙަތާއި ބެހޭ ވަޒީރު ކަޓުސްނޯބޯ ކަޓޯ ވިދާޅުވީ، ބޯޓަށް އެރުމުގެ ކުރިން ހުރިހާ ފަސިންޖަރުން ބައްޔަށް ޓެސްޓު ކުރުމުގެ ވިސްނުމެއް ގެންގުޅުނު ކަމަށެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ޕްރޮވިންސުން ފެތުރުން ފެށި ކޮރޯނާ ވައިރަސްގެ ސަބަބުން މިހާތަނަށް 908 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބައްޔަށް 40 ހާހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ ޗައިނާގައި ތިބި އެ ޤައުމުގެ ރައްޔިތުން އަނބުރާ އެ ޤައުމުތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
45%
0%
55%
0%
0%
0%
ކޮމެންޓް