ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 09:21
ރާއްޖޭގެ ހައްޖުވެރިން
ރާއްޖޭގެ ހައްޖުވެރިން
ފޭސްބުކް
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަންގެ ކިޓުތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވިއްޖެ
 
އަހަރެއްގެ މައްޗަށް 125،000 ރުފިޔާއާއިއެކު ލަގެޖް ފޮށީގައި ސްޕޮންސަރ ކުރެވޭނެ

މޯލްޑިވިސް ހައްޖު ކޯޕަރޭޝަންގެ ކިޓް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިކަމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފައިވާ ސްޕޮންސަރ ޕްރޮޕޯސަލްގައިވާގޮތުން އަހަރެއްގެ މައްޗަށް 125،000 ރުފިޔާއާއިއެކު ލަގެޖް ފޮށީގައި ސްޕޮންސަރ ކުރާ ފަރާތެއްގެ ލޯގޯޖެހޭނެއެވެ. އެގޮތުން، ސްޕޮންސަރ ކުރާ ފަރާތްތަކަށް ހުރި ފައިދާއެއްގެ ގޮތުގައި ހައްޖުކޯޕަރޭޝަނުން ހައްޖަށް ދާ 2000 މީހުންނަށް ހައްޖަށް ދާ ގަޑީގަޔާއި އަދި އެހެނިހެން ގަޑިތަކުގައި ވެސް ދަބަސްތައް ބޭނުންކުރުން ހިމެނެއެވެ.

މީގެއިތުރުން ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އިތުރު އިޝްތިހާރުކުރެވިގެންދާ އިރު ހައްޖު ފަދަ މާތް އަޅުކަމަށް މި ކިޓްތައް ސްޕޮންސަރ ކުރުމުން ކުންފުންޏަށް އިތުރު ކުރިއެރުން އަންނާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ކޮންމެ އަހަރެއްގެ މައްޗަށް ބެކްޕެކްގައި ސްޕޮންސަރ ޖަހައިދިނުމަށް ހައްޖުކޯޕަރޭޝަނަށް 125،000 ރުފިޔާ ދައްކަންޖެހޭއިރު ވެއިސްޓް ބޭގް އެއް ސްޕޮންސަރކުރުމަށް އަހަރަކު 20،000 ރުފިޔާ ޓޮއިލެޓަރީ ބޭގްއެއް ސްޕޮންސަރކުރުމަށް އަހަރަކު 20.000 ރުފިޔާ ޑްރޯސްޓްރިންގް ދަބަހެއް ސްޕޮންސަރ ކުރުމަށް އަހަރަކު 10،000 ރުފިޔާ ދައްކަންޖެހެއެވެ. މީގެއިތުރުން ދުއާ ފޮތްތަކާއި ބުކްލެޓްތައް ސްޕޮންސަރކުރަން ބޭނުންވާ ފަރާތްތަށް އަހަރެއްގެ މައްޗަށް 50،000 ރުފިޔާ ދައްކަން ޖެހެއެވެ.

ސްޕޮންސަރ ކުރާ ފަރާތްތަކަށް ހައްޖުކޯޕަރޭޝަންގެ 28،000 ފޮލޮވަރުން ތިބޭ ފޭސްބުކްއިން އެޑްވައިރޓައިޒް ކުރާނެކަމަށްވެސް އެ ކޯޕަރޭޝަންއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް