ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 09:22
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލް
ގޯލްޑް 100
'ގޯލްޑް 100 ބިޒްނަސް އެވޯޑްސް' ގެ ޕްލެޓިނަމް ޕާޓްނަރަކަށް މި ފަހަރު ވެސް ބީއެމްއެލް
 
ވިޔަފާރިތައް ކުރިއެރުވުމަށް ބީއެމްއެލުން ގިނަ މަސައްކަތްތަކެއް ކުރޭ
 
އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 25 ގައި
 
މިއީ މިއެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ 04 ވަނަ ފަހަރު

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ "ގޯލްޑް 100" ގެ ޕްލެޓިނަމް ޕާރޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ "ކޯޕަރޭޓް މޯލްޑިވްސް" އާ އެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ތިންވަނަ އަހަރެވެ.

ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލްއެވެ. އޯރކާ މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމުގައި ކޯޕަރޭޓް މޯލްޑިވްސް އާ އެކު މިއަހަރުވެސް ޕާރޓްނަރޝިޕެއް ގާއިމްކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ގޯލްޑް 100 އަދި ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ހިންގުންތެރި ލީޑަރުންގެ އަގުވަޒަންކޮށް، އެކުލަވާލާ ލިސްޓެކެވެ. 2019 ވަނަ އަހަރުގެ ގޯލްޑް 100 ލިސްޓުގައި ހިމެނުނު ފަރާތްތައް އިއުލާންކުރާނި، އަންނަ މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ ހަފުލާއެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް