ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 11:03
\"ބެސްޓް ޕިކްޗަރ\" ކާމިޔާބު ކުރި \"ޕެރެސައިޓް\"ގެ ތަރިން
"ބެސްޓް ޕިކްޗަރ" ކާމިޔާބު ކުރި "ޕެރެސައިޓް"ގެ ތަރިން
ގެޓީ އިމޭޖަސް
އޮސްކާ 2020
ފީނިކްސް، ޑަރން އަދި ޕިޓްގެ ފުރަތަމަ އޮސްކާ އެވޯޑް؛ ދެކުނު ކޮރެއާ ތާރީހުގެ ތެރެއަށް!
 
ބެސްޓް އެކްޓަރއަށް ހޮވުނީ "ޖޯކަރ"ގެ ވަކީން ފީނިކްސް އަދި ބެސްޓް އެކްޓްރެސް ލިބުނީ "ޖޫޑީ" ފިލްމްގެ ރެނޭ ޒެލްވެގަރއަށް
 
ދެކުނު ކޮރެއާގެ ފިލްމް "ޕެރެސައިޓް"އަށް ވަނީ ބޮޑެތި އެވޯޑްތައް ލިބިފައި
 
92 ވަނަ އޮސްކާސް ބާއްވާފައިވަނީ ހޯމަ ދުވަހު

ހޮލީވުޑްގައި ފިލްމަށް އެންމެ ހާއްސަ އަދި އެންމެ ޝަރަފުވެރި އެވޯޑް ހަފްލާ، ދަ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާސް ހޯމަ ދުވަހު ބާއްވައިފިއެވެ.

2019 ވަނަ އަހަރެކޭ އެއްފަދައިން، މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ބާއްވާފައިވަނީ ހޯސްޓަކާ ނުލައެވެ. ޝޯވ ފަށައިދީފައިވަނީ ކޮމީޑިއަނުން ކަމަށްވާ ސްޓީވް މާޓިން އާއި ކްރިސް ރޮކްއެވެ.

މި ދެ މީހުން، އަދި އެކި އެވޯޑްތައް ޕްރެޒެންޓް ކުރި ތަރިން ވަނީ މި އަހަރުގެ ނޮމިނޭޝަންތަކަށް ފާޑު ކިޔާފައެވެ. އެގޮތުން، ބެސްޓް ޑައިރެކްޓަރަށް އަންހެނެއް ނޮމިނޭޓް ނުވުމާއި ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ތެރޭގައި ތަފާތު ނަސްލުގެ ތަރިން މަދުކަން އެ މީހުން ފާހަގަ ކުރިއެވެ.

މި އަހަރުގެ ބޮޑެތި އެވޯޑްތައް ހާސިލް ކުރި ތަރިންގެ ތެރޭގައި ގިނައީ އޮސްކާއެއް އަލަށް ހާސިލް ކުރި ފަރާތްތަކެވެ. އޭގެ ތެރޭގައި ވަކީން ފީނިކްސް (ބެސްޓް އެކްޓަރ، ފިލްމް "ޖޯކަރ")، ލޯރާ ޑަރން (ބެސްޓް ސަޕޯޓިންގ އެކްޓަރ، "މެރިއެޖް ސްޓޯރީ") އަދި ދެކުނު ކޮރެއާގެ ބޮންގް ޖޫން-ހޯ (ބެސްޓް ޑައިރެކްޓަރ އަދި ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ، "ޕެރެސައިޓް") ހިމެނެއެވެ.

ބްރެޑް ޕިޓް ވެސް ވަނީ ފުރަތަމަ ފަހަރަށް އެކްޓިންގއަށް އޮސްކާއެއް ހާސިލްކޮށްފައެވެ. އެއީ "ވަންސް އަޕޯން އަ ޓައިމް...އިން ހޮލީވުޑް" އަށް "ބެސްޓް ސަޕޯޓިންގ އެކްޓަރ" އެވޯޑެވެ. ބްރެޑްއަށް ފުރަތަމަ އޮސްކާ އޭނާ ޕްރޮޑިއުސް ކުރި "ޓްވެލްވް ޔިއަރސް އަ ސްލޭވް" އިން "ބެސްޓް ޕިކްޗަރ" ހާސިލް ކުރުމުންނެވެ.

"ބެސްޓް އެކްޓްރެސް" އަށް ހޮވިފައިވަނީ މީގެ ކުރިންވެސް ދެ ފަހަރު މި އެވޯޑް ހާސިލްކޮށްފައިވާ ރެނޭ ޒެލްވެގަރއެވެ. އެއީ ފިލްމް "ޖޫޑީ" އަށެވެ.

(ކ -ވ): ބެސްޓް ސަޕޯޓިންގ އެކްޓްރެސް ލޯރާ ޑަރން، ބެސްޓް ސަޕޯޓިންގ އެކްޓަރ ބްރެޑް ޕިޓް، ބެސްޓް އެކްޓްރެސް ރެނޭ ޒެލްވެގަރ އަދި ބެސްޓް އެކްޓަރ ވަކީން ފީނިކްސް

ދެކުނު ކޮރެއާގެ ފިލްމް "ޕެރެސައިޓް"އަށް ހަތަރު އެވޯޑް ލިބިފައިވާއިރު، މިއީ ދެކުނު ކޮރެއާގެ ފިލްމަކަށް އޮސްކާއެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ފިލްމަށް "އިންޓަނެޝަނަލް ފީޗަރ ފިލްމް" އަދި "ބެސްޓް ޕިކްޗަރ" ވެސް ލިބިފައިވާއިރު، މިއީ އިނގިރޭސި ބަސް ނޫން ފިލްމަކަށް އޮސްކާސްގައި "ބެސްޓް ޕިކްޗަރ" އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ބޮންގް ޖޫން-ހޯ. ފޮޓޯ: ޝަޓަރސްޓޮކް

92 ވަނަ އަހަރުގެ އޮސްކާސް އެވޯޑް ހަފްލާގައި ގިނަ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔައިރު، މީގެ ތެރޭގައި ރެޕް އާޓިސްޓް އެމިނެމްގެ ސަޕްރައިޒް ހުށަހެޅުމެއްވެސް ހިމެނެއެވެ. އަދި ހޮލީވުޑްގައި، ފައިތުވި އަހަރު ތެރޭގައި މަރުވެފައިވާ ފަރާތްތަކަށް ހާއްސަ ހުށަހެޅުމެއް ލަވަކިޔުންތެރިޔާ ބިލީ އައިލިޝް ދީފައިވާއިރު، މީގައި ފާހަގަ ކުރި ތަރިންގެ ތެރޭގައި ޖެނުއަރީ މަހު ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި މަރުވި ކޯބީ ބްރަޔަންޓް ހިމެނެއެވެ. ކޯބީ ވަނީ 2018 ވަނަ އަހަރު އޮސްކާ އެވޯޑެއް ހާސިލްކޮށްފައެވެ. އޭނާއަށް އޮސްކާ ލިބުނީ "ޑިއަރ ބާސްކެޓްބޯލް" އަށް "ބެސްޓް އެނިމޭޓެޑް ޝޯޓް ފިލްމް" އެވެ.

"އިން މެމޯރިމް" ތެރެއިން ކޯބީ ބްރަޔަންޓް

އޮސްކާސް 2020: އެވޯޑް ލިބުނު ފަރާތްތަކުގެ ފުލް ލިސްޓް

  • ބެސްޓް ޕިކްޗަރ – ޕެރެސައިޓް
  • ބެސްޓް ޑައިރެކްޓަރ – ބޮންގް ޖޫން-ހޯ، ޕެރެސައިޓް
  • ބެސްޓް އެކްޓަރ – ވަކީން ފީނިކްސް، ޖޯކަރ
  • ބެސްޓް އެކްޓްރެސް – ރެނޭ ޒެލްވެގަރ، ޖޫޑީ
  • ބެސްޓް ސަޕޯޓިންގ އެކްޓްރެސް – ލޯރާ ޑަރން، މެރިއެޖް ސްޓޯރީ
  • ބެސްޓް ސަޕޯޓިންގ އެކްޓަރ – ބްރެޑް ޕިޓް، ވަންސް އަޕޯން އަ ޓައިމް...އިން ހޮލީވުޑް
  • މޭކްއަޕް އެންޑް ހެއާސްޓައިލިންގ – ބޮމްބްޝެލް
  • ވިޝުއަލް އިފެކްޓްސް – 1917 (ނައިންޓީސްސެވަންޓީން)
  • ބެސްޓް ސިނަމެޓޮގްރަފީ – ރޮޖަރ ޑީކިންސް، 1917 (ނައިންޓީސްސެވަންޓީން)
  • ބެސްޓް ފިލްމް އެޑިޓިންގ – ފޯޑް ވަރސަސް ފެރާރީ
  • ބެސްޓް ސައުންޑް މިކްސިންގ - 1917 (ނައިންޓީސްސެވަންޓީން)
  • ބެސްޓް ސައުންޑް އެޑިޓިންގ - ފޯޑް ވަރސަސް ފެރާރީ
  • ޑޮކިއުމެންޓްރީ ޝޯޓް ފީޗަރ – ލަރނިންގ ޓު ސްކޭޓްބޯޑް އިން އަ ވޯޒޯން (އިފް ޔުއާ އަ ގަރލް)
  • ޑޮކިއުމެންޓްރީ ފީޗަރ – އެމެރިކަން ފެކްޓްރީ
  • ބެސްޓް ކޮސްޓިއުމް ޑިޒައިން – ޖެކުއެލިން ޑުރަން، ލިޓްލް ވިމެން
  • ބެސްޓް ޕްރޮޑަކްޝަން ޑިޒައިން – ވަންސް އަޕޯން އަ ޓައިމް...އިން ހޮލީވުޑް
  • ލައިވް-އެކްޝަން ޝޯޓް ފިލްމް – ދަ ނެއިބަރޒް ވިންޑޯ
  • ބެސްޓް އެޑެޕްޓެޑް ސްކްރީންޕްލޭ – ޓައިކާ ވައިޓިޓީ، ޖޯޖޯ ރެބިޓް
  • ބެސްތް އޮރިޖިނަލް ސްކްރީންޕްލޭ – ބޮންގް ޖޫން-ހޯ، ޕެރެސައިޓް
  • އެނިމޭޓެޑް ޝޯޓް ފިލްމް – ހެއާ ލަވް
  • އެނިމޭޓެޑް ފީޗަރ ފިލްމް – ޓޯއި ސްޓޯރީ 4
  • އިންޓަނެޝަނަލް ފީޗަރ ފިލްމް – ދެކުނު ކޮރެއާ، ޕެރެސައިޓް
  • މިއުޒިކް (އޮރިޖިނަލް ސްކޯ) – ޖޯކަރ
  • މިއުޒިކް (އޮރިޖިނަލް ސޯންގް) – "(އައިމް ގޮނަ) ލަވް މީ އަގޭން"، ރޮކެޓްމޭން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް