ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - އެކްވިލަން 2

''އޭކްވިލަން 2'' ގެ ބަތަލާއަކަށް ކިޔާރާ

  • އަދި މިކަމާއި ބެހޭ ގޮތުން ރަސްމީކޮށް އެެއްޗެއް ބުނެފައެއް ނުވޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 ފެބުރުއަރީ 2020 | ހޯމަ 12:45 1,076

ކިޔާރާ އަދްވާނީ - ވޯގް އިންޑިއާ

''އޭކްވިލަން 2''ގެ ބަތަލާގެ ރޯލް ކުޅެން ކިޔާރާ އަދްވާނީ އަށް ހުށައަޅާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

2014 ވަަނަ އަހަރު ނެރުނު ''އޭކްވިލަން'' ގެ ސީކުއަލް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ފިލްމުގެ ލީޑް ފިރިހެން ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔަ ރޯއި ކަޕޫރްކަމަށް މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ. މީގެކުރިން އެ ފިލްމަށް އަންހެން ތަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ހާމަވެފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ބަތަލާގެ ރޯލްކުޅެން ކިޔާރާ އަށް ވަނީ ހުށައަޅާފައެވެ. އެކަމަކު އަދި މިހާތަނަށް މިކަމާއި ބެހޭގޮތުން ރަސްމީކޮށް ފިލްމު އުފައްދާ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިދާތް މަލްހޯތްރާ އާއި ޝްރައްދާ ކަޕޫރް އާއި ރިތޭޝް ދޭޝްމުކް ކުޅެފައިވާ އޭކް ވިލަންއަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ. އެ ފިލްމު ރިލީޒް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

އޭކް ވިލަން 2 ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރް އާއި އެކްތާ ކަޕޫރްއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭކް ވިލަންގެ ސީކުއެލްގައި ފެނިގެންދާނީ މުޅިން އާ ވާހަކައެކެވެ. އޭގެތެރޭގައި ލޯބީގެ ބައިތައްވެސް ހިމެނޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް