އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ސްރީލަންކާ

މިދިޔަ އަހަރުގެ ޓެރަރިސްޓް ހަމަލާތަކަށްފަހު ސްރީލަންކާ އިގްތިޞާދު އަންނަނީ ރަނގަޅުވަމުން: އައިއެމްއެފް

  • އައިއެމްއެފުން ބުނީ ލަންކާގެ ޖީޑީޕީ 3.7 އިންސައްތަ މިއަހަރު ތެރޭގައި ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް
  • އައިއެމްއެފްގެ ޓީމެއް ވަނީ ލަންކާއަށް މިއަހަރުގެ ޖެނުއަރީ މަހުގެ 29 ން ފެބްރުއަރީ މަހުގެ 7 ށް ދަތުރުކޮށްފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 10 ފެބުރުއަރީ 2020 | ހޯމަ 00:32 1,984

ލަންކާގެ އިގްތިޞާދު ރަނގަޅުވަމުން އަންނަކަމަށް އައިއެމްއެފުން ވަނީ ބުނެފައި - ސަންޑޭއޮބްޒަރވަރ

ސްރީލަންކާއަށް މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް) ން ބުނެފި އެވެ.

އައިއެމްއެފުން ބުނީ ލަންކާގެ ޖީޑީޕީ 3.7 އިންސައްތަ މިއަހަރު ތެރޭގައި ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ލަންކާގެ އިޤްތިޞާދާގުޅޭގޮތުން އައިއެމްއެފުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އިޞްލާޙުކުރަންޖެހޭ ކަމަށެވެ. އަދި އާ ސިޔާސަތުތަކެއް އެކަށައަޅާ އެކަންކަން ތަންފީޒުކުރަންޖެހޭކަމަށްވެސް އައިއެމްއެފުން ވަނީ ބުނެފަ އެވެ.

އައިއެމްއެފްގެ ޓީމެއް ވަނީ ލަންކާއަށް މިއަހަރުގެ ޖެނުއަރީ މަހުގެ 29 ން ފެބްރުއަރީ މަހުގެ 7 ށް ދަތުރުކޮށްފަ އެވެ. މިދަތުރުގައި ލަންކާގެ އައު ސަރުކާރާއި އެސަރުކާރުން ގެންގުޅޭނެ ސިޔާސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އައިއެމްއެފް ގެ ޓީމުންވަނީ ލަންކާގެ ކަމާގުޅޭ ފަރާތްތަކާއެކު ބިނާކުރަނިވި ވާހަކަތަކެއް ކުރިޔަށް ގެންގޮސްފައި. މިވާހަކަތަކުގައި ލަންކާގެ އެކޮނޮމިކް ރިފޯމް އެޖެންޑާ އާއި ލަންކާއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. އަދި ލަންކާގެ މަނިޓަރީ ޕޮލިސީ އާއި އިންޓަރނޭޝަނަލް ރިޒާވް ރަނގަޅުކުރުމަށް ކުރާނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުނު

~ އައިއެމްއެފްގެ ބަޔާން

2019 ވަނަ އަހަރު ލަންކާގެ ޖީޑީޕީ ހުރިކަމަށް ލަފާކުރެވެނީ 2.6 އިންސައްތައިގައެވެ. ޓެރަރިސްޓް ހަމަލާއަށްފަހު ލަންކާގެ ފަތުރުވެރިކަން ހަމައަކަށް އެޅުމުން އަންނަ ކަމަށާއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އަސަރު ލަންކާގެ އިގްތިޞާދަށް އެހާބޮޑަށް ކުރާނެކަމަށް ނުބެލެވޭކަމަށްވެސް އައިއެމްއެފުން ވަނީ ބުނެފައެވެ.

މީގެއިތުރުން އައިއެމްއެފުން ބުނެފައިވަނީ އިންފްލޭޝަން ހުންނާނެކަމަށް ލަފާކުރެވެނީ 4.5 އިންސައްތައިގަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް