ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ގަނާކުރުން

ނުވަ އަހަރުގެ އިންޑިއާގެ ކުއްޖަކު، ''އެންޓި ބުލީން'' އެޕެއް ހަދައިފި

  • ކާކުކަން ނޭގެ ގޮތަށް ގަނާކުރާ މީހުންގެ މައުލޫމާތު ރިޕޯޓް ކުރެވޭނެ
  • އެ އެޕް ވަރަށް އަވަހަށް ޕްލެ ސްޓޯރަށްދާނެ
  • އިންޑިއާގެ ސްކޫލްތަކުގެ 42 ޕަސެންޓް ކުދިންނަކީ ބުލީގެ ޝިކާރައަށްވެފައިވާ ކުދިން: ސަރވޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 ފެބުރުއަރީ 2020 | ހޯމަ 00:34 12,324

އެންޓި ބުލީން އެޕް ހެދި މިއޭދައިބަހުން މަޖޯ - ފޭސްބުކް

ސްކޫލުގައި ތަކުރާރުކޮށް ގަނާކުރާ މައްސަލަ ބޮޑުވެގެން، ނުވަ އަހަރުގެ އިންޑިއާ ކުއްޖަކު ''އެންޓީ ބުލީން'' އެޕެއް ހަދައިފިއެވެ.

މި އެޕް ހަދާފައިވަނީ އިންޑިއާގެ ޝިލޯންގެ ސްކޫލެއްގައި ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ މިއޭދައިބަހުން މަޖޯއެވެ. ގޫގުކް ޕްލޭއި ސްޓޯރަށް ވަރަށް އަވަހަށް އަންނާނެ ކަމަށް ބެލެވޭ މި އެޕް މެދުވެރިކޮށް، ގަނާކުރާ މީހުންގެ މައުލޫމާތު ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން ރައްޓެހިންނަށް، އެމީހަކީ ކާކުކަން ނޭނގޭ ގޮތަށް ރިޕޯޓުކުރެވޭނެއެވެ.

މިއޭދައިބަހުން ބުނެފައިވަނީ، އޭނާގެ އިތުރުން ސްކޫލުގެ އެހެން ކުދިންނަށް ކުޑައިރުއްސުރެ ގަނާކުރުމުގެ މައްސަލަ ދިމާވާ ކަމަށެވެ. އެ އަންހެން ކުއްޖާގެ މަސައްކަތަށް ތައުރީފު ކުރަމުން އެ ސްޓޭޓްގެ އެޑިއުކޭޝަން މިނިސްޓަރު ލަކްމަން ރިމްބުއި ބުނީ، މިއޭދައިބަހުން ބޮޑުވެގެން ޒިންމާދާރު ރައްޔިތަކަށް ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެ ކުއްޖާގެ މަންމަ ބުނެފައިިވަނީ އެޕް ޑިވޮލޮޕްމެންޓް ކޯހެއްގައި ހުސްވި އަހަރުގެ ސެޕްޓެންބަރު މަހު، މިއޭދައިބަހުން ބައިވެރިވި ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޕް ހަދަން އޭނާ ދަސްކުރި ކަމަށެވެ.

2017 ވަނަ އަހަރު ޓިޗަރސް ފައުންޑޭޝަނާއި، ވިޕްރޯ އެޕްލައިން ތޯޓް އިން ސްކޫލްސް (ވަޓްއިޒް) ގުޅިގެން ހަދާފައިވާ ސަރވޭ ދައްކާ ގޮތުން އިންޑިއާގެ ސްކޫލުތަކުގެ 42 ޕަސެންޓް ކުދިންނަކީ ބުލީގެ ޝިކާރައަށްވެފައިވާ ކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް