ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 23:55
ތައިލެންޑްގައި ބަޑީގެ ހަމަލާތައް ދިން ސިފައިންގެ މީހާ
ތައިލެންޑްގައި ބަޑީގެ ހަމަލާތައް ދިން ސިފައިންގެ މީހާ
ފޭސްބުކް
ތައިލެންޑް
ތައިލެންޑްގެ ސިފައިންގެ މީހާ ދިން ބަޑީގެ ހަމަލާތަކުގައި 26 މީހުން މަރާލާ 57 މީހުން ޒަޚަމްކޮށްލި
 
ބަޑިޖަހާފައިވަނީ އުމުރުން 32 އަހަރުގެ މީހެއް
 
ސިފައިން ވަނީ އޭނާގެ ގަޔަށް ބަޑިޖަހާ މަރާލާފައި

ތައިލެންޑްގެ ސިފައިންގެ މީހާ ދިން ބަޑީގެ ހަމަލާތަކުގައި 26 މީހުން މަރާލާ 57 މީހުން ޒަޚަމްކޮށްލައިފި އެވެ.

މިމީހާ ބަޑީގެ ހަމަލާތައް ދީފައިވަނީ މޯލެއްގެ ތެރޭގަ އެވެ. އުމުރުން 32 އަހަރުގެ ޖަކްރަޕަންތް މީހުން ގަޔަށް ބަޑިޖަހާފައިވަނީ ބިމުގެ މައްސަލައެއްގައި ރުޅި އައިސްގެން ކަމަށްވެ އެވެ. ހަމަލާތައް ދިނުމަށްފަހު ވަގަށް ނަގާފައިވާ އަސްކަރީ އުޅަނދެއްގައި ގޮސް އޭނާ ވަނީ ފިލާފަ އެވެ. އޭނާ ވަދެ ފިލާފައިވަނީ ޓާމިނަލް 21 ޝޮޕިން ސެންޓަރަށް ވަދެއެވެ.

އެޓާރމިނަލް ތެރޭގައި އޭނަ 16 ގަޑީރުވަންދެން ހުރެފައިވާއިރު ސިފައިން އެންމެފަހުން ވަނީ އޭނާގެ ގަޔަށް ބަޑިޖަހާ މަރާލާފަ އެވެ.

މިއީ ތައިލެންޑްގައި ބަޑިޖަހައިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު މަރާލި ފުރަތަމަ ފަހަރުކަމަށް ތައިލެންޑުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
75%
0%
0%
0%
25%
0%
ކޮމެންޓް