ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - މިސްރު

މިސްރުގައި، ޚިތާނުކުރި އަންހެން ކުއްޖަކު މަރުވެއްޖެ

  • ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުން

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 ފެބުރުއަރީ 2020 | ހޯމަ 00:38 4,061

އަންހެން ކުދިން ހިތާނުކުރުމާއި ދެކޮޅަށް، އަރަބި ބަހުން ލިޔެފައިވާ ޕޯސްޓަރުތަކެއް - އޭޕީ

މިސްރުގައި، ޚިތާނުކުރި އަންހެން ކުއްޖަކު މަރުވި މައްސަލަ ފެންމަތިވެއްޖެއެވެ.

އުމުރުން 12 އަހަރުގެ ނަދާ ހުސައިން މަރުވެފައިވަނީ، ވެރިރަށް ޤާހިރާއާއި 380 ކިލޯމީޓަރު ދުރުގައި އޮންނަ އަސިއުތް އަވަށުގެ ކްލިނިކެއްގައި ޚިތާނު ކުރުމުގެ ތެރޭގައި ކަމަށް މެދުއިރުމަތީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަންހެން ކުދިން ޚިތާނު ކުރުމަކީ މިސްރުގެ ޤާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ. މިސްރުގެ ފުލުހުން ވަނީ، އެ ކުއްޖާގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ހައްޔަރު ކޮށްފައެވެ. އެކަމަކު ތިންހާސް ޑޮލަރު ދައްކައިގެން ކަފާލާތުގެ ދަށުން ޑޮކްޓަރު ވަނީ މިހާރު މިނިވަންވެފައެވެ. އެ މައްސަލާގައި އެ ކުއްޖާގެ ބޮޑުދައިތަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނަދާ މަރުވެފައިވަނީ ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިން ޚިތާނުކުރުމާއި ދެކޮޅަށް ފާހަގަކުރަމުން އަންނަ ހައެއް ފެބްރުއަރީ ފާހަގަކުރިތާ މާގިނަ ދުވަސްތަކެއް ފާއިތު ނުވަނީހެވެ.

މިސްރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުން އެ ކުއްޖާ ޚިތާނު ކުރިކަމަށް ތުހުމަތު ކުރެވޭ ޑޮކްޓަރު، އެ ކުއްޖާގެ އޮޕަރޭޝަން ކޮށްފައިވަނީ ނަރުހުންގެ އެހީތެރިކަމާއި ނުލައެވެ. އަދި އެ ޑޮކްޓަރަކީ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްވެސް ނޫނެެވެ. އޭނާއަކީ އޮޕަރޭޝަން ޑޮކްޓަރެކެވެ.

ޑޮކްޓަރުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް