ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 00:41
ކަލްކީއާ އޭނާގެ ލޯބިވެރިޔާ
އިންސްޓަގްރާމް
ކަލްކީ ކޮޗެލިން
ކަލްކީ ކޮޗެލިން އަށް ދަރިޔަކު ލިބިއްޖެ
 
އަދި މިހާތަނަށް ރަސްމީކޮށް މިކަން ހާމަކޮށްފައެއް ނުވޭ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަލްކީ ކޮޗެލިން އަށް ދަރިޔަކު ލިބިއްޖެއެވެ.

ކަލްކީ އަށް ހުކުރު ދުވަހުގެރޭ ދަރިޔަކު ލިބިފައިވާ ކަމަށް އިންޑިއާގެ މަޝްހޫރު އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ކަލްކީ އަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެކަމަކު އަދި މިކަމާއި ބެހޭ ގޮތުން ކަލްކީ، ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އުމުރުން 36 އަހަރުގެ ކަލްކީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިޒްރޭލްގެ މިއުޒިކް ފަންނާނެއް ކަމަށްވާ ގާއި ހެޝްބާގްއާ އެވެ. ހެޝްބާގްގެ ދަރިޔަކަށް ބަލިވެއިންކަން ކަލްކީ ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ދިން އިންޓަވިއުއެއްގައެެވެ. ކަލްކީ ވަނީ މީގެ ކުރިން މަޝްހޫރު ޑައިރެކްޓަރ އަނޫރާގް ކަޝިޕްއާ ކައިވެނި ކޮށްފައެވެ. އެ ދެ މީހުން ވަރިވެފައިވަނީ 2015 ވަނަ އަހަރުއެވެ.

ކަލްކީ ބޮލީވުޑަށް ނިކުތީ 2009 ވަނަ އަހަރު ނެރުނު އަނޫރާގް ކަޝިޕްގެ ފިލްމު ''ދޭވް ޑީ'' އިންނެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ މަރްގަރިޓާ ވިތު އަ ސްޓްރޯ ފިލްމުގައި އަދާކުރި ރޯލަށެވެ.

''ޔޭ ޖަވާނީހޭ ދިވާނީ''، ''ޒިންދަގީ ނާ މިލޭގީ ދޯބާރާ'' އަދި ''ޝައިތާން'' އަކީ ކަލްކީގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް