އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ސީއެމްޑީއޭ

ސީއެމްޑީއޭއިން ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށަނީ

  • ކޯޕަރޭޓް ގަވަރނަންސްއަށް ބޯޑު ޑިރެކްޓަރުން އަހުލުވެރި ކުރުވާނެ
  • ކުންފުނިތަކުގެ ޤާނޫނާއި، ޓެކްސްއާ ގުޅޭގޮތުން އަހުލުވެރި ކުރުވާނެ
  • ތަމްރީނުތައް ކުރިއަށްދާނީ އަންނަ މާރޗު މަހުގެ 10 އިން 12 އަށް

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 9 ފެބުރުއަރީ 2020 | އާދީއްތަ 19:26 2,254

ބޯޑި ޑިރެކްޓަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކޯޕަރޭޓް ގަވަރނަންސް ތަމްރީނު - ކެޕިޓަލް މާރކެޓް ޑިވަަލޮޕްމަންޓް އޮތޯރިޓީ

ކެޕިޓަލް މާރކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނު ކުރުމަށް ޕްރޮގުރާމެއް ފެށުމަށް ނިންމައިފިއެވެ.

ސީއެމްޑީއޭއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މި ޕްރޮގުރާމަކީ ކުންފުނިތައް ހިންގުމަށްޓަކައި ބޭނުންވާ ކޯޕަރޭޓް ގަވަރނަންސްއަށް ބޯޑު ޑިރެކްޓަރުން އަހުލުވެރި ކުރުވައި، ކުންފުނިތަކުގެ ޤާނޫނާއި، ޓެކްސްއާ ގުޅޭގޮތުން އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި، މީރާއާއި، އޮޑިޓަރ ޖެނެރަލް އޮފީހުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ގުޅިގެން ހިންގާ މި ތަމްރީނު ތަކުގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކުންފުނިތަކާއި ވިޔަފާރިތައް ހިންގާނެ ގޮތް ކިޔާދެވިގެންދާނެއެވެ.

ސީއެމްޑީއޭއިން ބުނީ، މި ތަމްރީނުތައް ކުރިއަށްދާނީ އަންނަ މާރޗު މަހުގެ 10 އިން 12 އަށް ކަމަށެވެ. އެގޮތުން ބޯރޑް ޑައިރެކްޓަރސް އާއި ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާއިރު، 5 މާރޗް 2020 ގެ ނިޔަލަށް ބައިވެރިވާން އެދޭ ފޯމު ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އޭގެ އިތުރުން، މި ތަމްރީނު ޕްރޮގުރާމުގެ ފީއެއްގެ ގޮތުގައި 1500 ރުފިޔާ ނަގާނެ ކަމަށާއި، 30 ޖާގަ ހަމަވާ ވަރަށް ބައިވެރިން ނަގާނެ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް