ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ކޮރޯނާވައިރަސް

ހުން އަންނަ މީހުންގެ މަޢުލޫމާތު ހިއްސާ ކުރާ ފަރާތްތަކައް ފައިސާގެ އިނާމެއް ދޭން ޗައިނާ ސަރުކާރުން ނިންމައިފި

  • ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޢަދަދު ވަނީ 814ށް އަރާފައި
  • ޗައިނާގައި 37،198 މީހުންނަށް ކޮރޯނާވައިރަސް ޖެހުނުކަން ވަނީ ކަށަވަރުވެފަ
  • އިއްޔެ އެކަނިވެސް ކޮރޯނާވައިރަސް ޖެހިގެން 89 މީހުން ޗައިނާގައި މަރުވި

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 9 ފެބުރުއަރީ 2020 | އާދީއްތަ 19:45 4,240

ކޮރޯނާވައިރަސްގައި މަރުވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ - ސީބީއެސަް

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، އެޤައުމުގެ ސަރުކާރުން މިހާރުވަނީ މީހަކު އަމިއްލައަށް ހުންޖެހުމުން، ނުވަތަ އޭނާ ދަންނަ މީހަކަށް ހުންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓުކުރާ ފަރުދުންނަށް ފައިސާގެ އިނާމެއް ދޭ ގޮތައް ހުށަހަޅާފައެވެ.

އެގޮތުން އަމިއްލަ މީހާއަށް ، ދަންނަ މީހަކަށް، އެނޫނަސް މީހަކު ހުން އައިސްގެން އެކަން ރިޕޯޓުކޮށްފައި ނުވާކަން އިނގޭ ހިސާބުން އެކަން ކަމާގުޅޭ އިދާރާތަކާއި ޙިއްސާ ކުރާ ފަރާތަކައް ފައިސާގެ އިނާމުދޭން ވަނީ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް ދެނީ ކަނޑައެޅިގެން ކޮން މިންވަރެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޗައިނާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައި މި ވަނީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޢާންމުގެ ބައިވެރިވުން އިތުރުކުރުމާއެކު، ވައިރަސްއަށް މީހުން ސްކްރީން ކުރުން ހަރުދަނާކޮށް، ފަރުވާ ބޭނުންވާ މީހުންނަށް އަވަސް ފަރުވާ ދިނުމުގެ މަޤުޞަދުގައެވެ.

ހަލުވިކަމާއެކު ކޮރޯނާވައިރަސް ޗައިނާގައި މިހާރު ފެތުރެމުންދާއިރު މިހާތަނަށް މި ވައިރަސްގައި މަރުވި މީހުންގެ ޢަދަދު ވަނީ 814 ށް އަރާފައެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުން އިއްޔެ އެކަނިވެސް މިވައިރަސް ޖެހިގެން 89 މީހުން މަރުވިއެވެ. އެއީ މިހާތަނަށް މިވައިރަސް ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން އެއް ދުވަހާ މަރުވި ދުވަހެވެ. މިހާތަނަށް ޗައިނާގައި 37،198 މީހުންނަށް މި ވައިރަސް ޖެހުނުކަން ވަނީ ކަށަވަރުވެފައެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު 813 އަށް އެރުމާއެކު 2003 ވަނަ ފެތުރުނު ސަރސް ރޯގާ ގައި މަރުވި މީހުންނަށްވުރެ މަރުވި މީހުންގެ އަދަދު މިވަނީ އިތުރު މިވަނީ ވެފައެވެ. ސަރސް ރޯގާގައި މަރުވީ 774 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް