ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 12:55
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ
ޔޫސުފް ސޮފްވާން ރަޝީދު
ދައުލަތުގެ ރިޒާވް
ދައުލަތުގެ ރިޒާވްގައި 685 މިލިއަން ޑޮލަރު!
 
އެއީ މިދިޔަ ޑިސެމްބަރު މަހާ އަޅާނބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެއް
 
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައިހުރީ 677 މިލިއަން ޑޮލަރު

މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައިހުރީ 685 މިލިއަން ޑޮލަރުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 685 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކާއިރު، މިއީ މިދިޔަ ޑިސެމްބަރު މަހާއި އަޅާބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 677 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު، އެ އަދަދަކީ 2019 ވަނަ އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެ ކަމަށް ދައުލަތުން އަންދާޒާ ކުރި ވަރަށް ވުރެ 42 މިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ.

މިދިޔަ 2019 ވަނަ އަހަރު ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައިވަނީ އެ އަހަރުގެ ފެބްރިއަރީ މަހު އެވެ. 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައިލަތުގެ ރިޒާވް 938 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ރިޒާވް އިތުރުވެފައި ވަނީ ފެބްރުއަރީ މަހެވެ. އެގޮތުން އެމަހު، އެމަހު ދައުލަތުގެ ރިޒާވް ވަނީ 938 މިލިއަން ޑޮލަރަށް އަރާފަ އެވެ.

މި ހިނގާ 2020 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 863 މިލިއަން ޑޮލަރެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އެރުވުމަކީ އެމަނިކުފާނުގެ އަމާޒުފުޅެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް