ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 17:39
އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ނޫޑްލްސް
އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ނޫޑްލްސް
ރާއްޖެ އެމްވީ
އިންޑޯމީ ނޫޑްލްސް
އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވަރ ރާއްޖެއަށް ތައާރަފުކޮށްފި
 
މިއީ ހަލާލް ސަރޓިފިކޭޝަން ލިބިފައިވާ އިންޑޮނޭޝިއާގެ އުފެއްދުމެއް
 
އިންޑޯމީއަކީ ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ނޫޑްލްސް
 
މިއީ ދިވެހިންނަށް ކަމުދާ ކުޅި ރަހަ އެކުލެވިގެންވާ ފްލޭވަރއެއް

ދުނިޔޭގައި މަޤުބޫލު ނޫޑްލްސް ބްރޭންޑެއް ކަމުގައިވާ، އިންޑޯމީ ނޫޑްލްސްގެ ހޮޓް އެންޑް ސްޕައިސީ ފްލޭވަރ ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

ލިލީ އިންޓަރނޭޝަނަލް އިން ރާއްޖެ އެތެރެކޮށް މާރކެޓްކުރާ، އިންޑޯމީ ނޫޑްލްސްގެ މިފަހަރުގެ ފްލޭވަރ އަކީ ދިވެހި ރަހަތަކަށް ޚާއްޞަ ފްލޭވަރއެކެވެ. އެގޮތުން މި ނޫޑްލްސްއަކީ ދިވެހިންނަށް އެންމެ ކަމުދާ ކުޅި ރަހަތަށް އެކުލެވޭ މީރު ނޫޑްލްސްއެއް ކަމަށް ލިލީއިން މައުލޫމާތު ދީފައިވެއެވެ.

މިފަހަރު ތަޢާރަފުކުރި އިންޑޯމީ ނޫޑްލްސްގެ ހޮޓް އެންޑް ސްޕައިސީ އާއި މިހާރުވެސް ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ، ޗިކަން ކަރީ ފްލޭވަރ މާލެ އާއި އަތޮޅުތެރޭގެ ގިނަ ފިހާރަތަކަކުން ލިބެން ހުންނާނެއެވެ.

އިންޑޯނޭޝިއާގެ އިންޑޯމީ ނޫޑްލްސްއަކީ ރާއްޖޭގެ އިތުރުން، ދުނިޔޭގައިވެސް, ޚާއްޞަކޮށް އެފްރިކާ ބައްރުގެ ޤައުމުތަކުގައި، ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ނޫޑްލްސް ބްރޭންޑެކެވެ. ހަލާލް ސަރޓިފިކޭޝަން ލިބިފައިވާ މި ނޫޑްލްސްއަކީ އިންޑޮނޭޝިއާގައި ތައްޔާރުކުރާ ނޫޑްލްސްއެކެވެ. މިއީ އެއްވެސް ބާވަތެއްގެ ޕްރިޒަވޭޓިވްސް އެއް ނުހުންނަ ބާވަތުގެ ނޫޑްލްސްއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް