ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 15:47
ވެދަލަމްގެ މަންޒަރެއްގައި، އަޖިތް ކުމާރު
ވެދަލަމްގެ މަންޒަރެއްގައި، އަޖިތް ކުމާރު
ޑީއެންއޭ އިންޑިއާ
ޖޯން އަބްރަހަމް
''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް
 
ފިލްމަށް އަންހެން ތަރިޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ރިޕޯޓް

ތަމަޅަ ބޮލްކްބަސްޓަރ ފިލްމު ''ވެދަލަމް'' ގެ ހިންދީ ރީމޭކް ހެދުމުގެ މަސައްކަތް ރޯހިތު ދަވަން އާއި ޖޯން އަބްރަހަމް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުން، 2015 ވަނަ އަހަރު ތަމަޅަ ސުޕަރ ސްޓަރ އަޖިތު ކުމާރު ކުޅެފައިވާ ފިލްމުގެ ރައިޓްސް ޓީ ސީރީޒް އިން ވަނީ މިހާރު ގަނެފައެވެ. އަދި ފިލްމުގެ ލީޑް ރޯލަށް އަންހެން އެކްޓަަރަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މި ފިލްމަށް އަދި މިހާތަނަށް ނަމެއް ކިޔާފައިނުވާއިރު މި ފިލްމު ވެގެންދާނީ ޖޯން އާއި ރޯހިތު އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމަށެވެ. މީގެ ކުރިން އެ ދެމީހުން އެކުގައި މަސައްކަތް ކޮށްފައިވަނީ ދޭސީ ބޯއިޒްގެ އިތުރުން ޑިޝޫމްގައެވެ. ރޯހިތު ދަވަން އަކީ ވަރުން ދަވަންގެ ބޭބެއެވެ.

''ވެދަލަމް'' ފިލްމުގައި އަޖިތް އަކީ ކުރިން އަންޑަރވޯލްޑް ޑޮން އަކަށް އުޅުމަށް ފަހު ޓެކްސީ ދުއްވާ މީހެއްގެ ރޯލުންނެވެ. އެ ފިލްމުގައި ދައްކުވައިދެނީ އަޖިތު އޭނާގެ ޢާއިލާ މެންބަރުން މަރާލި މީހުންނަށް ބަދަލު ހިފުމުގެ ގޮތުން ކުރާ މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް