ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ާބާގީ 3

''ބާގީ 3'' ގެ ޓްރެއިލަރ އަށް 24 ގަޑިއިރު ތެރޭގައި 59 މިލިއަން ވިއުސް

  • ފިލްމު ރިލީޒް ކުރަނީ މާޗް މަހު
  • ޝްރައްދާ ކަަޕޫރް ފެނިގެންދާނެ
  • ޓައިގާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށް

އަލީ ސަމާޚް
AliSamah8

ކ. މާލެ 8 ފެބުރުއަރީ 2020 | ހޮނިހިރު 12:37 3,506

ބާގީ 3 ގެ މަންޒަރެއް - ޔޫޓިއުބް

މި އަހަރުގެ މާޗް މަހު ނެރެން ހަމަޖެހިފައިވާ ޓައިގަރ ޝްރޯފްގެ ''ބާގީ 3'' ގެ ޓްރެއިލަރ ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭގައި 59 މިލިއަން ވިއުސް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ރިލީޒް ކޮށްފައިވާ ފިލްމުގެ ޓްރެއިލަރ ގައި ޓައިގާ އަދި ދިޝާ ޕަޓާނީ އެވެ. ޓްރެއިލަރ ލިބިމުންދާ ތަރުހީބަށް ޓައިގާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ފޭނުނަަށް ޝުކުރު އަދާކޮށްފައެވެ.

''ބާގީ 3'' އަކީ ބާގީ ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ. ނަދިއަދްވާލާ ގްރޭންޑްސަން އިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ އަހުމަދު ހާން އެވެ. މި ފިލްމުގެ މަސައްކަތް ފަށައި، އެކަން އިއުލާން ކޮށްފައިވާނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ފަހަރުގެ ފިލްމުގައި ޓައިގާއާ އެކު ޝްރައްދާ ކަޕޫރްވެސް ފެނިގެންދާނެއެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މޮރޯކާ، މިސްރު، ސަބިޔާގެ އިތުރުން ތުރުކީ ގައެވެ. މީގެ ކުރިން ނެރެފައިވާ ބާގީގެ ފިލްމުތަކަކީ ކާމިޔާބު ފިލްމު ތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް