ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 19:13
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި
 
މި ދެތަރިން އެކުގައި ފެނިގެންދާނީ "ބްރަމާސްތްރާ" އިން
 
މި ދެތަރިން ރައްޓެހިވެފައިވަނީ 2017 ވަނަ އަހަރު

ބޮލީވުޑްގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި މިއަހަރުގެ ޑިސެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދެތަރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެދެތަރިން އެކުގައި ކުޅެފައިވާ ފިލްމް " ބްރަމާސްތްރާ" ގެ ރިލީޒްއަށްފަހު އެވެ.

އަޔާން މުކަރްޖީގެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ހަތަރެއްގައެވެ.

ރަންބީރާއި އާލިއާގެ ކައިވެނީގެ ތާޜީޙު ކަނޑައަޅާ އެދުވަހަށް ތައްޔާރުވުމަށް އާލިއާގެ މެންބަރުންނަށް އަންގަފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިހަފްތާގެ ކުރީކޮޅި އާލިއާ އާއި ރަންބީރު އެކުގައި ވަނީ އާލިއާގެ ތިމާގެ މީހެއްގެ ކައިވެނީގެ ހަފްލާއަށްވެސް ގޮސްފައެވެ.

އާލިއާއާއި ރަންބީރުގެ އައިލާއާއި ގާތްގުޅުމެއް އޮންނަ ކަމަށާއި ރަންބީރުގެ އާއިލަ ބައިވެރިވާ އެކިއެކި ހަފްލާތަކަށް އާލިއާ ގެންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އާލިއާ މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އޭނާ ވަނީ ސަންޖޭލީލާ ބަންސާލީގެ ކްރައިމް ޑްރާމާ "ގަންގޫބާއީ ކަތިއާވަޑީ" ގެ ޝޫޓީންތައް ފަށާފައެވެ. މި ފިލްމްގައި އާލިއާ ފެނިގެންދާނީ މާފިއާ ކްއީންގެ ރޯލުންނެވެ.

މީގެ އިތުރުން ކަރްން ޖޯހަރުގެ ފިލްމް "ތަޚްތް" ގައިވެސް އާލިއާ ފެނިގެންދާނެ އެވެ. މި ފިލްމްގައި އާލިއާގެ އިތުރުން ކަރީނަ ކަޕޫރާއި، ރަންވީރު ސިންގް، ވިކީ ކައުޝަލް، ޖަންވީ ކަޕޫރު، ބޫމީ ޕަދްނޭކަރު އަދި އަނިލް ކަޕޫރު ފެނިގެންދާނެއެވެ.

އާލިއާ އާއި ރަންބީރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފައިވަނީ 2017 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް