އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ބޮލީވުޑް

ސުޝާންތާއި ކްރިތީ ބްރޭކަޕްވީތަ؟

  • ގުޅުން ނިމުމަކަށް އައިސްފައިވަނީ ގުޅުން ހީނަރުވުމުން

ކ. މާލެ | 24 މާރޗް 2017 | ހުކުރު 18:42 | 4,850

ސުޝާންތް ސިންގް އާއި ކްރިތީ ސެނޯން - ގޫގުލް

ސުޝާންތް ސިންގް ރާޖްޕުތް އާއި ކްރިތީ ސެނޯން އަހަރަކަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެ ދެތަރިންގެ ގުޅުން ނިމުމަކަށް އައިސްފި ކަމަށް ޚަބަރުތައް ބުނެފިއެވެ.

 

ޚަބަރުތައް ބުނާ ގޮތުން މި ދެތަރިންގެ ގުޅުން ނިމުމަކަށް އައިސްފައި ވަނީ ދެމީހުންގެ ދެމެދުގައި ތަފާތުތައް އުފެދި ދެމީހުންގެ ގުޅުން ހީނަރުވުމުން ކަމަށެވެ.

 

ސުޝާންތްގެ މޫޑް ސްވިންގް ވުމާއި ރުޅިގަދަ މައްސަލަ ކްރިތީއަށް ހައްލުކުރަން އުނދަގޫ ވުމުން ދެމީހުނަށް ވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ދުރުވުން ކަމަށް ފެންނާތީ ކަމަށް ޚަބަރުތައް ބުނެއެވެ.

 

މި ދެމީހުންގެ ގުޅުން ސިއްރު ކޮށްގެން އުޅެފައި ވަނީ ވެސް އެ ދެމީހުނަށް ވެސް އެގުޅުމަށް އިތުބާރު ނެތުމުން ކަމަށް ޚަބަރުތައް ބުނެއެވެ.

 

މި ދެތަރިން ލޯބީގެ ގޮތުން ގުޅިފައި ވަނީ އެދެ މީހުންގެ ދެން އަންނަން އޮތް ފިލްމް " ރާބްތާ" ގެ ޝޫޓިންގެ ތެރެއިންނެވެ.

 

ދިނޭޝް ވިޖަން ޑައިރެކްޓް ކޮށްފައިވާ މި ފލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.