ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 22:52
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއަރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއަރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ޖާބިރު/ ޓްރާންސްޕޯޓް
ގާސިމްގެ އަނބިކަނބަލުންނަށް ވީމާ ޓްރާންސްޕޯޓް މިނިސްޓަރުކަން ދޭނަމަ، ކިހިނެއް ރަނގަޅުވާނީ: ޖާބިރު
 
ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފަހަތަކަށް ނުޖެހޭނަން: ޖާބިރު
 
ނަހުލާ މިނިސްޓަރުކަމުގެ މަގާމުގައި އެހުންނަވަނީ ގާސިމްގެ އަނބިކަނބަލުންނަށް ވީމާ: ޖާބިރު
 
ޓްރާންސަޕޯޓް މިނިސްޓަރު ވަނީ ފެއިލް ވެފައި: ޖާބިރު

ޖުމްހޫރީ ޕާޓީ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވީމައި ޓްރާންސްޕޯޓް މިނިސްޓަރުގެ ކަންކަން ރަނގަޅުވާނީ ކިހިނެއްތޯއޭ ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއަށް، ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓަރު ފެއިލްވެފައިވާ ކަމަށެވެ.

އަޅުގަނޑު އަޑުއަހަނީ ތަރިކަ މުދާ ބަހާ ވާހަކަ. ޓްރާންސްޕޯޓް މިނިސްޓްރީ މީހެއްގެ އަތްބަކަށް ދޭވާހަކަ އަޑުއަހާފަކާއެއް ނުވެއްނެތް. ލޭންޑް ޓްރާންސްޕޯޓާބެހޭ ވާހަކަ މިދައްކަނީ. ދިވެހި ރައްޔިތުން ވަރަށް ދަތިހާލުގައި މިތިބީ. ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި އުޅޭ މީހެއް އަޅުގަނޑަކީ. މިރާއްޖޭގައި ޓްރާންސްޕޯޓް ސިސްޓަމް އޮޕަރޭޓް ކުރަން ހުރި މިނިސްޓަރުގެ ގާބިލިއްޔަތުކަމާމެދު އެބަޖެހޭ ސުވާލު ދަންނަވަން،
ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލާ ގުޅޭގޮތުން ބަހުސްކުރައްވަމުން ޖާބިރު ވަނީ ވަކި ބޭފުޅެއްގެ އަނބިކަނބަލަކަށްވީމާ މިނިސްޓަރުކަން ދޭންވެއްޖެނަމަ، ރާއްޖޭގެ ކަންކަން ރަނގަޅަށް ދާނެ ކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވީމަ، ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބެންޏާމު ދެން ކިހިނެއްތީ މިކަން ރަނގަޅުވާނީ،
ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އަންހެން ކަނބަލަކަށް މިނިސްޓަރުކަން ދެއްވުމަކީ އޭނާ އެއްގޮތަކަށްވެސް ދެކޮޅު ހައްދާވާކަމެއް ނޫންކަމަށާއި، ނަމަވެސް ކޯލިޝަން ޕާޓީގެ ލީޑަރުގެ އަނބިކަނބަލުންނަށް ވީމާ، މިނިސްްޓަރުކަން ދެއްވީމަ ވާގޮތް މިދަނީ ފެންނަމުން ކަމަށް ޖާބިރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަންހެނުންނަށް މިނިސްޓަރުކަން ދިނުމަށް އަޅުގަނޑު ހުރަހެއް ނާޅަން. އެކަމަކު ޓްރާންސްޕޯޓް މިނިސްޓަރު މިނިސްޓަރު ފެއިލް ވެއްޖެ. އޭނާ އެހުންނަނީ ހަމަސީދާ ކޯލިޝަން ޕާޓްނަރުގެ އަނބިކަނބަލުންނަށް ވީމާ، އެހެނެއް ނުވެވޭނެ. މިރާއްޖޭގެ ކަންކަން ރަނގަޅުވާން އެބަޖެހޭ. ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރަން، ލޭންޑް ޓްރާންސްޕޯޓް އޮގަނައިޒް ކުރަން އެބަޖެހޭ،
ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ރާއްޖޭގައި ކޮންމެހެންވެސް ޓްރާންސްޕޯޓް މިނިސްޓްރީއެއް ހުންނަންޖެހޭ ކަމަށާއި އަދި އެމިނިސްޓްރީ ހިންގޭވަރުގެ ގާބިލް ބޭފުޅަކަށް އެމިނިސްޓްރީ ހަވާލު ކުރެއްވުމަކީ ވެސް ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

ކީއްވެގެންތޯ ޓްރާންސްޕޯޓް މިނިސްޓަރު ނާގާބިލްކަން އެނގޭއިރުވެސް ބަހައްޓައިގެން ތިއުޅެނީ. ކާކުތޯ އެކަންކޮށްގެން މިއުޅެނީ. މިރާއްޖޭގެ ޓްރާންސްޕޯޓް ނެޓްވޯކް ރަނގަޅުކުރުމަށްޓަަކައި ކުރަންޖެހޭ ސައިންޓިފިކް އޮޕަރޭޝަންސް ނުހިނގާ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓަރު ކޮށްފަކާނެތް. އޭނާއަށް އެނގޭނެތާ އޭނާ ކޮންމެކަމެއް ކުރިޔަސް ގާސިމް އޭނާގެ ފިރިކަލުން ވެއްޖިއްޔާ އޭނާ އެމަގާމުގައި ހުންނާނެކަން. ގާސިމް އިބްރާހީމް ނެތްހާލަތެއްގައި ގާސިމް އިބްރާހީމްގެ އަނބިކަނބަލުން މިނިސްޓަރުކަމުގައި ހުންނާނެތޯ،
ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ވެހިކަލްތަކުގައި ސްޓީކާ ޖަހަމުންދާ މައްސަލަގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ޕާކްކުރާނެ ތަން ނުދައްކާ ރައްޔިތުން ޖުރިމަނާކޮށް، ފައިސާ ނަގަމުންދާއިރު، އާންމު ރައްޔިތުންގެ ހާލަތާމެދު ވިސްނާލުން ރަނގަޅު ކަމަށެވެ.

"އަޅުގަނޑު ޓްރާންސްޕޯޓް މިނިސްޓަރަށް އެބަދަންނަވަންޖެހޭ ކަންކަން ރަނގަޅު ކުރަން. ޓްރާންސްޕޯޓް މިނިސްޓަރަކު އެބަބޭނުންވޭ. އިންޑިޕެންޑެންޓް މިނިސްޓަރެއް ބޭނުންވާނެ. ކޮބައިތޯ އެމީހަކީ. ހިތާމައަކީ މިރާއްޖޭގައި އަބަދުވެސް މިނިސްޓަރުގެ އަމުރަށް އެންމެންގައިގާ ސްޓީކާ ތަތްކޮށްގެން ޖުރިމަނާ ފައިސާ ނަގަމުން އެދަނީ. ކޮބައިތޯ ފެސިލިޓީސް، ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ފެސިލިޓީސް،"
ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ މުއްސަނދީންގެ އަނބިންނާއި ދަރިންނަށް މޮޅުގޮތްވާއިރު، އާންމު ރައްޔިތު މީހާގެ ހާލަތާމެދު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އަބަދު ކޮންމެ ކަމެއްކައި ޖުރިމަނާ ފައިސާ ދައްކަން ޖެހުމަކީ ރައްޔިތު މީހާއަށް ދެވޭ އިތުރު ނިކަމެއްތި ކަމެއް ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
88%
0%
4%
8%
0%
ކޮމެންޓް