އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ބޮލީވުޑް

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

  • ކެމެރާގެ ފުރަގަހުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ތަޖުރިބާ ލިބުން

ކ. މާލެ | 24 މާރޗް 2017 | ހުކުރު 16:16 | 10,199

ސޮނާކްޝީ ސިންހާ - ގޫގުލް

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ނޫސްވެރިއަކަށް ވީނަމަ ސުޕަރ ސްޓާ ސަލްމާން ޚާން ކައިރީ އަހަން ބޭނުންވާ ސުވާލަކީ އޭނާ ކައިވެނިކުރާނީ ކޮން ދުވަހަކުންތޯ ކަމަށް ސޮނާކްޝީ ބުނެފިއެވެ.

 

ސޮނާކްޝީގެ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެ ފިލްމް "ނޫރު" ގައި އޭނާ އަދާ ކުރަނީ ނޫސްވެރިއެއްގެ ރޯލެވެ.

 

މި ފިލްމާ ގުޅޭ ގޮތުން އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮނާކްޝީ ބުނެފައިވަނީ އޭނާ ޖަރނަލިސްޓަކަށް ވީނަމަ ސަލްމާން ކައިރި އަހާނީ އެހެން ޖަރނަލިސްޓުން ވެސް ސަލްމާން ކައިރި އަހާ އެންމެ އާންމު ސުވާލު ކަމަށްވާ އޭނާ ކައިވެނި ކުރާނީ ކޮންދުވަހަކުންތޯ ކަމަށެވެ. އަދި އޭނާގެ ބައްޕަ ޝަތުރުގަން ސިންގްއާ ސުވާލެއް ކުރާ ނަމަ ކުރާނީ "ހާމޯޝް" ނުބުނާނެ ވަރުގެ ސުވާލެއް ކަމަށެވެ.

 

މީގެ އިތުރުން ސޮނާކްޝީ ބުނީ އޭނާއަކީ ނޫސްވެރިޔަކަށް ވީނަމަ އޮފް ސްކްރީންގައި އާޓިސްޓުން ކުރާ މަސައްކަތްތަކަމާ ބެހޭ ގޮތުން ސުވާލު ކުރާނެ ކަމަށެވެ.

 

ސޮނާކްޝީ ބުނީ ފިލްމު ފިލްމަކަށް ހެދުމަށް ކުރާ މަސައްކަތް އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި އެކަންކަން އަންގައިދިނުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

 

ސުނިލް ސިއްޕީ ޑައިރެކްޓް ކުރާ މި ފިލްމަކީ ޕާކިސްތާންގެ ލިޔުންތެރިޔެއް ކަމަށްވާ ސަބާ އިމްތިޔާޒް ލިޔެފައިވާ ވާހަކަ "ކަރާޗީ: ޔޯ ކިލިންގް މީ" އަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

 

ސޮނާކްޝީ ބުނެފައިވަނީ ނޫސްވެރިއެއްގެ ރޯލު ކުޅެން ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށާއި ކެމެރާގެ ފުރަގަހުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ތަޖުރިބާ މިފިލްމުން ލިބިގެން ދިޔަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.