އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
އައިފާއެވޯޑް

މި ފަހަރުގެ އައިފާ އެވޯޑް، ސަލްމާންގެ އުފަން އަވަށުގައި

  • އެވޯޑް ބާއްވާނީ މާޗް މަހު 27 އިން 29 އަށް

ކ. މާލެ | 5 ފެބްރުއަރީ 2020 | ބުދަ 07:13 | 5,149

ޖެކުއަލިން ފެނާންޑޭޒް، މަދްޔަޕްރަދޭޝްގެ ސީއީއޯ އަދި ސަލްމާން ހާން - އިންސްޓަގްރާމް

21 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑެމީ(އައިފާ) އެވޯޑް، ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އުފަން ޝަހަރު އިންޑޯރްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެކަން އިޢުލާންކުރީ އިންޑޯރަށް އުފަން ސަލްމާން ޚާނެވެ. މި އަހަރުގެ އައިފާ އެވޯޑު ބާއްވާނީ މާރޗު މަހުގެ 27 އިން 29 އަށެވެ.

މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަމަލްނާތު ވިދާޅުވީ، އޭނާއާ އައިފާއާ ދެމެދު 16 އަހަރުގެ ދެމެދުގައި ޚާއްޞަ ގުޅުމެއް އޮންނަ ކަމަށާއި، ދެވަނަ ފަހަރު އައިފާ ބާއްވަން އެ ސްޓޭޓް ހަމަޖެހިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ ކުރިން އައިފާ އެވޯޑު ބާއްވާފައިވަނީ ދުނިޔޭގެ މަޝްހޫރު ސިޓީތައް ކަމަށްވާ ނިއުޔޯކް، މެޑްރިޑް، ސިންގަޕޫރުގެ އިތުރުން ބެންކޮކްގައެވެ.

މި ފަހަރުގެ އައިފާ އެވޯޑް ވެގެންދާނީ ސަލްމާން ޚާން ހުށައަޅައިދޭ ފުރަތަމަ ޙަފުލާއަށެވެ. ސަލްމާނާއެކު ޝޯވ ހުށައަޅައިދޭނީ ރިތޭޝް ދޭޝްމުކް އެވެ. އަދި ކެޓްރީނާ އަދި ޖެކުއަލިންގެ ޙަރަކާތްތަކެއްވެސް އެ ޙަފުލާގައި ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.