ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 22:29
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައީސް މުހައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރިޔާސީ ބަޔާން
ރައީސް ޞޯލިހުގެ ރިޔާސީ ބަޔާން - ފާހަގަކޮށްލެވޭ އުސްއަލިތައް
 
ކުޅުންތެރިން ރިޓަޔަރކުރުމުން ލޯން ސްކީމެއް ތަޢާރަފްކުރާނެ
 
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ
 
ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ މަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން މިވަނީ ހޯމަ ދުވަހު އިއްވަވާފަ އެވެ. މިސަރުކާރުގެވެސް ދެވަނަ އަހަރު ގުނަމުންދާއިރު ސަރުކާރުން އެކިދާއިރާތަކުން ގެންގުޅޭ ސިޔާސަތުތަކާއި އެކިދާއިރާތަކުން މިހާރު ހާސިލްކުރެވިފައިވާ މިންވަރާއި ކުރިޔަށް ކުރަންހުރި ކަންކަމަށް ރައީސް ގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ. މައިގަނޑު ގޮތެއްގައި ހުރިހާ ދާއިރާއަކުން ސަރުކާރުން މިއަހަރު ތެރޭގައި ގެންގުޅޭނެ ސިޔާސަތުތަކާއި ކުރިޔަށް ރާވާފައިވާ ހުރި ކަންކަން އެމަނިކުފާނު ވަނީ ވިދާޅުވެދެއްވާފަ އެވެ.

ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ކަންކަން:

  1. ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅޭ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ބެލުން
  2. ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމުގެ މައްސަލަ ހައްލުކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށޭނެ
  3. ޓެރަރިޒަމާއި ހަރުކަށި ޚިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުޢާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ
  4. ރާއްޖޭގެ ތިން ސަރަހައްދެއްގައި، ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުތަކެއް ގާއިމުކުރެވޭނެ
  5. ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް މިއަހަރު ފެށޭނެ
  6. އައި.ޖީ.އެމް.އެޗްގައި ކިޑްނީ ބަދަލު ކުރުމުގެ ޚިދުމަތް މިއަހަރު ފެށޭނެ
  7. އައި.ޖީ.އެމް.އެޗްގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ
  8. ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ވިއުގައެއް ޤާއިމްކޮށް، އެ ޚިދުމަތްތައް ފުރިހަމައަށް ހިންގަން މިއަހަރު ތެރޭގައި ފަށާނެ
  9. އިސްރަށްވެހިންގެ ހިޔާ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ
  10. ރިމާންޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ
  11. ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް މިއަހަރު އިތުރު އަތޮޅުތަކަށް ތަޢާރަފްކުރެވޭނެ
  12. އިތުރު ޖަލެއް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެ
  13. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ
  14. ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހެދުމަށް ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ
  15. މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ
  16. މިއަހަރުގެ ތެރޭގައި 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ
  17. ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް މިއަހަރު ފަށާނެ
  18. މަސްވެރި ކަމާގުޅުންހުރި ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ
  19. އެގްރި ކުންފުންޏެއް އުފައްދުމަށްވަނީ ހަމަޖެހިފައި
  20. ޤައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ފެށޭނެ
  21. ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ
  22. ކުޅުންތެރިން ރިޓަޔަރކުރުމުން ލޯން ސްކީމެއް ތަޢާރަފްކުރާނެ
  23. ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރާނެ
  24. ހުޅުމާލެއާއި ހުޅުލެ އަދި މާލެ، އެއް ވިއުގައަކުން ކަރަންޓު ދިނުމުގައި ގުޅާލެވޭނެ
  25. އެއްފަހަރު ބޭނުކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް އެކުލަވާލާ ޕްލޭނަށް، މިއަހަރު ޢަމަލުކުރަން ފަށާނެ
  26. ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ
  27. މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ
  28. އެސެޓް ރިކަވަރީ ކޮމިޓީގެ މައްސަލަތަކުގެ ރިޕޯޓް ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާން ފަށާނެ

އިގްތިސޯދީ އަދި މަލީ ދާއިރާ

  1. އިޤްތިޞާދީ ދުވެލި: 7.5 އިންސައްތަ
  2. އެވްރެޖް އިންފްލޭޝަން ރޭޓް: 1.0 އިންސައްތަ
  3. އާމްދަނީ އާއި ހިލޭ އެހީ: 29.9 ބިލިއަން ރުފިޔާ
  4. ރާއްޖޭގެ ރަސްމީ ރިޒާވް: 818 މިލިއަން ޔޫއެސް ޑޮލަރު
އެސްއެމްއީ ބޭންކް މެދުވެރިކޮށް މި އަހަރުގެ ތެރޭގައި 450 މިލިއަން ރުފިޔާގެ ލޯން ދޫކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި -- ފޮޓޯ: މަޖިލީސް / ރާއްޖެ.އެމްވީ

ފަތުރުވެރިކަން

  1. ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން
  2. މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، 2.5 މިލިއަނަށް އިތުރު ކުރުން
  3. މިއަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ

މަސްވެރިކަން

  1. ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް ބަދަލުކުރުން
  2. ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުން
  3. މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ
  4. އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރިޗު މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުން

ބޯހިިޔާވެހިކަން

  1. ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން
  2. މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް ޢިއުލާންކުރުމަށް ވަނީ ތައްޔާރުވެފައި
  3. ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ
  4. މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ
  5. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ.
  6. ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ

ތިމާވެށި

  1. އިރުގެ އަވިން، އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ
  2. ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި މިހާރު ފަށާފައިވާ، 168 މިލިއަން ޑޮލަރުގެ މަޝްރޫޢު ނިމުމުން، 8 މެގަވޮޓުގެ ކަރަންޓު، މާލޭގެ މަރުކަޒީ އިންޖީނުގެއާ ގުޅައިލެވޭނެ
  3. 28 މިލިއަން ޑޮލަރަށް އައްޑޫގައި ޤާއިމުކުރާ، ކުނިން ހަކަތަ އުފައްދާ ޕްލާންޓު ނިމުމުން، 1 މެގަވޮޓްގެ ކަރަންޓު، އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ވިއުގަޔާ ގުޅައިލެވޭނެ
  4. ރާއްޖެއަކީ އެއްފަހަރު ބޭނުކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް އެކުލަވައިލާ ޕްލޭނަށް، މިއަހަރު ޢަމަލުކުރަން ފަށާނެ

އިޖުތިމާޢީ ޢަދާލަތު

  1. އިސްރަށްވެހިންގެ ހިޔާ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ
  2. ރިމާންޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ފެށޭނެ
  3. ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް، ޤާއިމްކުރި ވިސްލްބްލޯވަރ ޕޯޓަލްއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، 120 މައްސަލައެއް މިހާރުވާނީ ތަޙުޤީޤީ އިދާރާތަކަށް ފޮނުވާފައި
  4. ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް މިއަހަރު އިތުރު އަތޮޅުތަކަށް ތަޢާރަފްކުރެވޭނެ
  5. ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ޔާމީން ރަޝީދާއި އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން
  6. ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ޖަލުގައި މަރުވި ޙަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ދަޢުވާކުރަންޖެހޭ މީހުންނާ މެދު ދަޢުވާކުރުމުގެ ކަންކަން ފެށުމަށް އަންނަނީ ތައްޔާރުވަމުން
  7. އެސެޓް ރިކަވަރީ ކޮމިޓީގެ މައްސަލަތަކުގެ ރިޕޯޓް ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާން ފަށާނެ
ޕޯޓަލްއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، 120 މައްސަލައެއް މިހާރުވާނީ ތަޙުޤީޤީ އިދާރާތަކަށް ފޮނުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި -- ފޮޓޯ: މަޖިލިސް / ރާއްޖެ.އެމްވީ

ރައްޔިތުންގެ މަޖިލިސް

  1. މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް މަޖިލީހަށް ހުށަހަޅާނެ
  2. އެއީ މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙްކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާ ބެހޭ 24 ބިލެއް
  3. ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލު، މިދައުރަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުން
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
91%
0%
0%
9%
0%
ކޮމެންޓް