ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 08:15
ރެޑްވޭވްއިން ވިއްކާ ހައިސެންސް ޓީވީ
ރެޑްވޭވްއިން ވިއްކާ ހައިސެންސް ޓީވީ
ރެޑްވޭވް
ރެޑްވޭވް
ހައިސެންސް ޝޯރޫމެއް ރެޑްވޭވްއިން ހުޅުވަނީ
 
ރެޑްވޭވްއަކީ ހައިސެންސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރ

ރެޑްވޭވްގެ ހައިސެންސް ޝޯވރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރ، 2016 ވަނަ އަހަރު އަދި ކުރިއަށްއޮތް 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ ބްރޭންޑް "ހައިސެންސް" ގެ ޓީވީ ރެޑްވޭވްއިން މިހާރު ލިބެން ހުންނާނެކަން ހާމަކޮށް، ރެޑްވޭވްއިން ބުނީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފައިވަނީ ހައިސެންސް ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން "32، "50، "65، "75 އަދި "100 އިންޗީގެ ހައިސެންސް ޓީވީ ވަނީ ތަޢާރަފުކޮށްފައިކަމަށް ރެޑްވޭވުން ބުންޏެވެ.

އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްމޮޑަލް އަކީ 100 އިންޗީގެ ހައިސެންސް ލޭޒާރ ޓީވީކަން ހާމަކޮށް، ރެޑްވޭވުން ބުނީ މިޓީވީ އަކީ 8.3 މިލިއަން ޕިކްސެލް ހިމެނޭ، 4ކޭ ޔޫ.އެޗް.ޑީގެ ސާފު މަންޒަރު މީންދުވަހަކު ޓީވީއަކުން ނުފެންނަފަދަ މޮޅުކޮލިޓީގައި ދައްކާލުމުގެ ޤާބިލުކަންލިބިފައިވާ ޓީވީއެއްކަމަށެވެ. މީގެއިތުރުން، އަދި އިތުރު މޮޑެލްގެ ހައިސެންސް ޓީވީވެސް ތަޢާރަފުކުރެވިގެންދާނެ ކަމުގައި ރެޑްވޭވުން މަޢުލޫމާތު ދެއެވެ.

ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ރެޑްވޭވްއަކީ ހައިސެންސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރެވެ.

ހައިސެންސް ޓީވީ ރެޑްވޭވުން ލިބޭނީ 1 އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯވރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމުގައި ރެޑްވޭވުން މަޢުލޫމާތު ދެއެވެ. ހައިސެންސު ޓީވީ ރެޑްވޭވް ސިޓީ ސްކެއަރ، ރެޑްވޭވް ލިވިންގް، އަދި ރެޑްވޭވް އިލެކްޓްރޯނިކްސް އިން ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް