ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 18:30
ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރ ގުލްނާޒު މާހިރު
ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރ ގުލްނާޒު މާހިރު
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި
 
ބޭންކާއި ގުޅިވަޑައިގަތުމުގެ ކުރިން ގުލްނާޒް ވަނީ އުރީދޫގެ ހެޑް އޮފް ކަސްޓަމަރކެއާގެ މަޤާމު ފުރުއްވާފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފިއެވެ.

ގުލްނާޒް ބޭންކާ ގުޅިވަޑައިގަންނަވަނީ ކަސްޓަމަރ އެކްސްޕީރިއަންސް މެނޭޖްމަންޓް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ރެވެނިއު މެނޭޖްމަންޓްގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާއާއެކުގައި ކަމަށް ބޭންކު އޮފް މޯލްޑިވްސް އިން ބުނެއެވެ. ބޭންކާއި ގުޅިވަޑައިގަތުމުގެ ކުރިން ގުލްނާޒް ވަނީ އުރީދޫގެ ހެޑް އޮފް ކަސްޓަމަރ ކެއާގެ މަޤާމު ފުރުއްވާފައެވެ. އަދި ގުލްނާޒް ވަނީ ޔޫކޭގެ ޔުނިވަރސިޓީ އޮފް ބްރިސްޓޮލް އިން އިކޮނޮމިކްސް އެންޑް ފައިނޭސްއިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައެވެ.

ބޭންކުގެ ސްޓެރެޓަޖީ އާ އެއްގޮތަށް ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވަގުތެެއްގައި ގުލްނާޒް ބޭންކާ ގުޅިވަޑައިގަތުމުން މަރްހަބާ ދަންނަވަން. އަލަށް އުފެއްދި ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަގާމުންވެސް ދައްކައިދެނީ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. މި ދާއިރާއިން ގުލްނާޒު ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައި ބޭންކުން ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. އަދި ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
0%
50%
ކޮމެންޓް