ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 12:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު
ރައީސް އޮފީސް
ކޮރޯނާވައިރަސް
ވުހާންގައި ތިބި ދިވެހިން އިންޑިއާއަށް ގެނައުމުގައި އެހީވި ފަރާތްތަކަށް ރައީސް ޝުކުރު އަދާ ކުރައްވައިފި
 
ވުހާންގައި ތިބި 9 މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން
 
ވޫހާން ސިޓީގައި ތިބި ދިވެހިން އިންޑިއާއަށް ގެންދިޔައީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި
 
ވޫހާން ސިޓީގައި ތިބި ދިވެހިން ކަރަންޓިން ކުރާނީ ނިއުދިއްލީގައި

ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާންގައި ތިބި ދިވެހިން އިންޑިއާއަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޝުކުރު އަދާކުރައްވައިފިއެވެ.

ވުހާންގައި ދިރިއުޅެމުންދިޔަ 7 ދިވެހިން އެއަރ އިންޑިއާގެ B747 ފްލައިޓުން އިންޑިއާގެ ދިއްލީއަށް ގެނެސްފައިވާއިރު، އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައި ޝަންކަރުގެ އިތުރުން، އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަދި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ މިސާލެއްގެ ގޮތުގައި ރައީސް ޞާލިޙު ވަނީ ސިފަ ކުރައްވާފައެވެ.

އޭގެ އިތުރުން، ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ވުހާންގައި ތިބި ދިވެހިން އަނބުރާ ގެނައުމުގައި ޗައިނާއިން ވެދިން އެހީތެރިކަމަށް ޗައިނާ ސަރުކާރަށާއި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލީ ޖޮންގްއަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ އިރުޝާދުފުޅަށް ވުހާންގައި ތިބި ދިވެހިން އާދިއްތަ ދުވަހު ނިއު ދިއްލީގެ އިންޑޯ ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕަށް ގެންދާނެ ކަމަށާއި، ކޭމްޕުގައި ބައިނަލްއަޤުވާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީންގެ މުއްދަތު ފުރިހަމަކުރާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، އެ ފަރާތްތައް ޢާއިލާތަކާއި ގުޅޭނެ ގޮތް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު ހަމަޖައްސަވައިދެއްވާނެ ކަމަށާއި، ސަރުކާރުން ވަރަށް ގާތުން އެމީހުންގެ ޙާލަތު ބަލަމުން ގެންދާނެ ކަމަށެވެ.

ރައީސްގެ އިރުޝާދުފުޅަށް ވުހާންގައި ތިބި ދިވެހިން ނިއު ދިއްލީއަށް ގެންދެވިފައިވާއިރު، ނިއު ދިއްލީގެ ވައިގެ ބަނދަރުން އެ 7 ދިވެހިންނާއި، ބޯޓުގައި ދަތުރުކުރި އިންޑިއާގެ 323 ރައްޔިތަކުވެސް އާދިއްތަ ދުވަހު ވަނީ ދިއްލީއަށް ގެންދެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
50%
0%
0%
0%
0%
ކޮމެންޓް