ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 08:13
ކޮރޯނާވައިރަސް އަންނަނީ ހަލުވިމިނެއްގައި ފެތުރެމުން
ކޮރޯނާވައިރަސް އަންނަނީ ހަލުވިމިނެއްގައި ފެތުރެމުން
ޗެނަލް ނިއުސް އޭޝިއާ
ކޮރޯނާވައިރަސް
ޗައިނާއިން ބޭރުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ
 
މިމީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު
 
މަރުވެފައިވަނީ އުމުރުން 44 އަހަރުގެ މީހެއް

ޗައިނާއިން ބޭރުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ފިލިޕީންސްގެ މީހެކެވެ. ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނެފައިވަނީ އާދީއްތަ ދުވަހު އެޤައުމުން މިވައިރަސް ޖެހިފައިވާ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 44 އަހަރުގެ މީހެކެވެ. މިމީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އަދި މިއީ އެންމެ ފުރަތަމަ ފިލިޕީންސް އިން މިވައިރަސް ޖެހިގެން ރިޕޯޓުކުރި މީހާގެ ފިރިމީހާ އެވެ.

އޭނާ އެޑްމިޓްކުރުމާއެކު ވަނީ ނިޔުމޯނިއާ ވަރަށް ބޮޑަށް ޖެހިފަ އެވެ. އޭނާގެ ފަހު ދުވަސްތަކުގައި ރަނގަޅުވަމުން އައި ކަމުގެ ނިޝާންތައްވެސް ފެނުނު. އަދި އޭނާގެ ހާލުވެސް ރަނގަޅު. ނަމަވެސް ފާއިތުވި 24 ގަޑީރު އޭނާގެ ހާލު ދިޔައީ ގޯސްވަމުން.
ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތު

މިމީހާގެ ހަށިގަނޑު ނައްތާލުމުގެ މަސައްކަތް ޗައިނާ އެމްބަސީ އާ ގުޅިގެން ކުރަމުންދާ ކަމަށް ފިލިޕީންސް އިން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި