ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 07:36
ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
އަލްޖަޒީރާ
ކޮރޯނާވައިރަސް
ޗައިނާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 304 ށް، ވައިރަސް ޖެހުނު މީހުންގެ އަދަދު 14،380 ށް
 
ޗައިނާއިން ބޭރުން 130 ށް ވުރެ ގިނަ މީހުންނަށް މިވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވޭ
 
މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ 14،380 ށް އަރާފައި
 
24 ގަޑީރު ތެރޭގައި ޗައިނާގައި މިވައިރަސް 2590 މީހަކަށް ވަނީ ޖެހިފައި

ޗައިނާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު 304 ށް އަރައިފި ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

މިއީ މިވައިރަސް އެންމެ ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު 45 ށް އިތުރެވެގެންދިޔުމާއި ގުޅިގެންކަމަށް ޗައިނާގެ އޮފިޝަލުން ބުނެއެވެ. އަނެއްކޮޅުން 24 ގަޑީރު ތެރޭގައި ޗައިނާގައި މިވައިރަސް 2590 މީހަކަށް ވަނީ ޖެހިފައެވެ. އެއާއެކު މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ ޢަދަދު މިވަނީ 14،380 ށް އަރާފައެވެ.

މިވައިރަސް ޗައިނާގައި ބާރު ސްޕީޑްގައި ފެތުރެމުންދާއިރު މިވައިރަސްގެ އަސަރުކޮށްގެން މަރުވާ މީހުންގެ ޖަނާޒާ ނުބާއްވާ ވީ އެންމެ އަވަހަކަށް އެމީހުންގެ ހަށިގަނޑު ނައްތާލުމަށް ސިއްހީ އޮފިޝަލުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ސިއްހީ އޮފިޝަލުން ބުނާގޮތުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑު އެއްތަނުން އަނެއްތަނަށް ގެންދިޔުން ރައްކާތެރިއެއް ނޫނެވެ.

އަނެއްކޮޅުން ޗައިނާގައި މިވައިރަސް ފެތުރެމުންދާތީ ގިނަ ޤައުމުތަކަކުން އަންނަނީ ޗައިނާއަށް ދަތުރުކުރުން މަނާކުރަމުންނެވެ. އަދި ޗައިނާއަށް ގޮސްފައިވާ މީހުން ބައެއް ޤައުމުތަކަށް އެތެރެވުންވެސް އަންނަނީ މަނާކުރަމުންނެވެ.

އަދި ވުހާންގައި ތިބި އެކި ޤައުމުތަކުގެ ރައްޔިތުން އެޤައުމުތަކަށްވެސް ވަނީ ގެންދަން ފަށާފައެވެ. މިހާތަނަށް އާއިރު ޗައިނާއިން ބޭރުން 130 ށް ވުރެ ގިނަ މީހުންނަށް މިވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މީގެތެރޭގައިވެސް ގިނައިން ހިމެނެނީ ވުހާން އިން އެޤައުމުތަކަށް ދިޔަ މީހުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިންވެސް މިނިމިގެންދިޔަ ހަފުތާގައި ވަނީ މިވައިރަސްގެ ސަބަބުން ބައިނަލްއަޤުވާމީ އެމަރޖެންސީ އިޢުލާންކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް